ފުލުހުންނާއި ގުޅޭ އެއްވެސް މައުލޫމާތެއް މީޑިއާގެ އެއްވެސް ޒަރީޢާއަކުން ހާމަކުރުމުގައި ފުލުހުންނަށް އެކަން ރައްދުވާނަމަ ފުލުހުންގެ ރަސްމީ ބަހެއް ނެތި މީޑިއާގައި ހިއްސާ ނުކުރުމަށް މީޑިއާގައި މަސައްކަތްކުރާ ފަރާތްތަކަށް ފުލުހުން އިލްތިމާސް ކޮށްފިއެވެ.
ހުކުރު ދުވަހުގެ ހެނދުނު ފުލުހުން ކޮށްފައިވާ ޓްވީޓެއްގައިވަނީ ފުލުހުންގެ ޤާނޫނާއި އަދި އެޤާނޫނުން ބާރުލިބިގެން ހެދިފައިވާ ޤަވާޢިދުތަކާއި އުޞޫލުތަކާއި ޚިލާފަށް އަމަލުކުރާ ފަރާތްތަކަށް ފުލުހުންގެ ޑިސިޕްލިނަރީ ޤަވާޢިދުގެ ދަށުން އަޅާ ފިޔަވަޅުތަކަށް އެކަންކަމުގެ ޤާނޫނީ ހަމަތަކާއި އަސާސްތަކާއިމެދު ސުވާލު އުފެދޭ ގޮތަށް ބައެއް ނޫސްތަކުގައި ޚަބަރު ލިޔަމުންދާ ކަމަށެވެ. އަދި މީޑިއާ ކައުންސިލްގެ ޤާނޫނުގެ ދަށުން މީޑިއާ ރެގިއުލޭޓްކުރުމަށް ކަނޑައެޅިފައިވާ ހަމަތަކާއި ޚިލާފަށް މައުލޫމާތު ހިއްސާކުރަމުންދާ ކަމަށް ފުލުހުން ބުނެފައިވެއެވެ. އަދި "ފުލުހުންނާއި ގުޅޭ އެއްވެސް މައުލޫމާތެއް މީޑިއާގެ އެއްވެސް ޒަރީޢާއަކުން ހާމަކުރުމުގައި ފުލުހުންނަށް އެކަން ރައްދުވާނަމަ ފުލުހުންގެ ރަސްމީ ބަހެއް ނެތި މީޑިއާގައި ހިއްސާ ނުކުރުމަށް މީޑިއާގައި މަސައްކަތްކުރާ ފަރާތްތަކަށް އިލްތިމާސްކުރާ"ކަމަށް ފުލުހުން ކުރި ޓްވީޓްގައިވެއެވެ.
Fuluhunge Qaanoon 5/2008 adhi eqaanoonun baaru libigen hedhifaiva Qavaidhu thakai usoolthaka khilaafah amalukura faraithakah Fuluhunge Disciplinary Qavaidhuge dhashun alha fiyavalhuthah ekan kamuge qaanoony hama thakai asaas thakaamedhu suvaalu ufedhay gothah baeh noosthakugai..
— Maldives Police (@PoliceMv) December 1, 2017
publishkoh adhi Maldives Media Council ge Qaanoon 15/2008 ge dhashun media regulate kurumah kandaelhifaiva hama thakai khilaafah mauloomaathu hissa kuramun dhaathee ekamai gulhaygothun dhannavan. Fuluhunnai gulhay evves mauloomaatheh mediage evves zariyya akun haamakurumugai..
— Maldives Police (@PoliceMv) December 1, 2017
Fuluhunnah ekan rahdhuvaanama fuluhunge rasmee baheh nethi media gai hissa nukurumah media gai masahkai kuravva huriha faraithakah ilthimaas kuran.
— Maldives Police (@PoliceMv) December 1, 2017
ފުލުހުންނާއި ގުޅޭ އެއްވެސް މައުލޫމާތެއް ފުލުހުންގެ ރަސްމީ ބަހެއް ނެތި މީޑިއާގައި ހިއްސާ ނުކުރަން ފުލުހުން އެންގިއިރު، ފުލުހުންގެ މީޑިއާގެ ބަހެއް ހޯދުމަށް ފުލުހުންނަށް ގުޅާއިރު ފުލުހުންގެ މީޑިއާ އޮފިޝަލުން ބައެއް ފަހަރު ފޯނު ނުނަންގަވާ މައްސަލައަކީ ނޫސްވެރިން އާއްމުކޮށް ފާހަގަކުރާ މައްސަލައެކެވެ. އަދި މީޑިއާ ކައުންސިލްގެ ޤާނޫނަށް ރިޢާޔަތްކޮށް ފުލުހުން ނޫސްވެރިންނަށް އިލްތިމާސް ކުރިއިރު، މީޑިއާ ރެގިއުލޭޓްކުރުމަށް ކަނޑައެޅިފައިވާ ހަމަތަކާއި ޚިލާފަށް އެއްވެސް މީޑިއާއަކުން ޚަބަރެއް ފަތުރައިގެން މީޑިއާ ކައުންސިލުން މިފަހުން މީޑިއާއަކަށް އެއްޗެއް އަންގާފައެއް ނެތެވެ.
ފުލުހުންނާއި ގުޅޭ އެއްވެސް މައުލޫމާތެއް ފުލުހުންގެ ރަސްމީ ބަހެއް ނެތި މީޑިއާގައި ހިއްސާ ނުކުރަން ފުލުހުން އަންގާފައި މިވަނީ "ޗީފް ސުޕްރިޓެންޑެންޓް އޮފް ޕޮލިސް މުހައްމަދު ރިޔާޒް ފުލުހުންގެ ވަޒީފާއިން ވަކިކުރުމުން، އޭނާއަށް ތާއީދުކޮށް ވާހަކަދެއްކި ފުލުހުންގެ ސިވިލް ސްޓާފަކު ފުލުހުން ވަޒީފާއިން ވަކިކޮށްފި"ކަމަށް 'މިހާރު' ނޫހުގައި ބުރާސްފަތި ދުވަހުގެ ރޭ ޚަބަރެއް ޝާޢިއުކޮށްފައިވަނިކޮށެވެ.
2006ވަނަ އަހަރު ސްޓެލްކޯ ކައިރިން ބޮޑުތަކުރުފާނު މަގުގައި ހިނގި އެކްސިޑެންޓެއްގައި ލިބުނު ޒަހަމްތަކަކާ ގުޅިގެން ފައިބުރިކޮށް، އޭރު ސިފައިން ގޭގައި އުޅެމުންދިޔަ ވަޒީފާއިން، ފުލުހުންގެ ސިވިލް މަސައްކަތަކަށް ބަދަލުކޮށްފައިވާ މުހައްމަދު ޝަބީން ނަސީމް ފުލުހުންގެ ވަޒީފާއިން ވަކިކުރީ މިދިޔަ ސެޕްޓެމްބަރު މަހުއެވެ.