ލަންކާގައި ތިބި ދިވެހިން އަނެއްކާވެސް މޫސުމަށް ސަމާލުވުމަށް ރާއްޖެއިން ސްރީލަންކާ އަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު މުހައްމަދު ހުސެއިން ޝަރީފް (މުންދު) އިލްތިމާސް ކުރައްވައިފި އެވެ.
މުންދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ސްރީލަންކާ އަށް މޫސުމީ ރެޑް އެލާޓް ތިންވަނަ ފަހަރަށް ނެރެފައިވާ ކަމަށާއި، ސަމާލުކަން ދެއްވުމަށް އެންމެހާ އެކުވެރިންނަށް އިލްތިމާސްކުރައްވާ ކަމަށެވެ.
ކުރިން ޖަޕާނުގެ ސަފީރުކަންވެސް ކުރައްވާފައިވާ މުންދު ވަނީ ބުދަ ދުވަހުވެސް ސްރީލަންކާގައި ތިބި ދިވެހިން މޫސުމަށް ސަމާލުވުމަށް އިލްތިމާސް ކުރައްވާ ޓުވީޓެއް ކުރައްވާފަ އެވެ.
އިންޑިއާ ކަނޑުގައި އުފެދުނު ކޮޅިގަނޑު ތޫފާނަކަށް ބަދަލުވެފައިވާއިރު، އެންމެ ބޮޑު އަސަރެއް ކުރަމުން ދަނީ ސްރީލަންކާ އަށެވެ. އެގޮތުން ލަންކާގައި ތިބި ދިވެހިން އުޅޭ ބައެއް ގެތަކަށްވެސް ވަނީ ގެއްލުންތަކެއް ވެފައެވެ. އެހެންނަމަވެސް އެއްވެސް ދިވެއްސަކަށް ގެއްލުމެއް ނުވެއެވެ.