ކ. މާލެ
|
30 ނޮވެންބަރ 2017 | ބުރާސްފަތި 23:26
އެމެރިކާގެ ޚާރިޖީ ވަޒީރު ރެކްސް ޓިލަރސަން
އެމެރިކާގެ ޚާރިޖީ ވަޒީރު ރެކްސް ޓިލަރސަން
ވީއޯއޭ ނިއުސް
އެމެރިކާގެ ކެބިނެޓް
އެމެރިކާގެ ޚާރިޖީ ވަޒީރުކަމުން ޓިލަރސަން ވަކިކުރަނީ!
ޓިލަރސަންއަކީ ކެބިނެޓަށް ވަޑައިގެންނެވުމުގެ ކުރިން ތެލާއި ގޭހުގެ އިންޑަސްޓްރީގައި މަސައްކަތްކުރެއްވި ބޭފުޅެއް

އެމެރިކާގެ ޚާރިޖީ ވަޒީރު ރެކްސް ޓިލަރސަން މަޤާމުން ދުރުކުރަން ރައީސް ޑޮނަލްޑް ޓްރަމްޕް ނިންމަވާފައިވާކަމަށް ރިޕޯޓްތައް ބުނެފިއެވެ.

ޓިލަރސަން މަޤާމުން ދުރުކޮށް، އެމަޤާމަށް އެމެރިކާގެ މަރުކަޒީ ޖާސޫސީ އިދާރާ، ސީއައިއޭގެ ކުރީގެ ވެރިޔާ މައިކް ޕޮމްޕިއޯ ހަމަޖައްސަން ރިޔާސީ ގަނޑުވަރު ވައިޓް ހައުސްއިން ނިންމާފައިވާކަމަށް ބީބީސީއިން ބުނެއެވެ.

ޓިލަރސަން މަޤާމުން ދުރުކުރުމަށް ޓްރަމްޕް ނިންމެވިއިރު، ޓްރަމްޕްއާއި ޓިލަރސަންއާއި ދެމެދު ގުޅުން ވަނީ ވަރަށް ބޮޑަށް ގޯސްވެފައެވެ. އެގޮތުން އުތުރު ކޮރެއާ އާއި އީރާނުގެ ނިއުކްލިއަރ ޕްރޮގްރާމާއި ގަލްފް ސަރަހައްދުގެ މައްސަލައިގައި ރައީސް ޑޮނަލްޑް ޓްރަމްޕް އާއި ޚާރިޖީ ވަޒީރު ޓިލަރސަންއާއި ދެބޭފުޅުން ވަރަށް ބޮޑަށް ޚިޔާލު ތަފާތުވެފައިވެއެވެ. ރައީސް ޓްރަމްޕް ދޭތެރެ ދޭތެރެއިން ޖަޒުބާތުގައި ޖެހިވަޑައިގެން މިމައްސަލަތަކުގައި އެމެރިކާގެ ޚާރިޖީ ސިޔާސަތާއި ފުށުއަރާ ފަދަ ވާހަކަތަކެއް ދެއްކެވިނަމަވެސް، ޓިލަރސަން މިމައްސަލަތަކުގައި ގެންގުޅުއްވަނީ ވަރަށް ޑިޕްލޮމެޓިކް ވިސްނުންފުޅެކެވެ. އަދި ޑޮނަލްޑް ޓްރަމްޕްއަކީ 'މޮޔައެއް'ކަމަށް ޓިލަރސަން ވިދާޅުވިކަމަށްވެސް އެމެރިކާގެ ބައެއް މީޑިއާތަކުގައި މީގެ ކުރިން ރިޕޯޓްކޮށްފައިވެއެވެ.

މިމައްސަލައިގައި ވައިޓް ހައުސްއިން އަދި ރަސްމީ ސިފައެއްގައި އެއްޗެއް ބުނެފައެއް ނުވެއެވެ.

Advertisement

އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް