ހއ. ފެށިގެން ވ. އަތޮޅާއި ހަމައަށް ޔެލޯ އެލާޓްގެ ވަގުތު އިތުރުކޮށްފިއެވެ.
މޫސުމާއި ބެހޭ ގައުމީ އިދާރާއިން ބުނީ، ހއ. ފެށިގެން ވ. އަތޮޅާއި ހަމައަށް ޔެލޯ އެލާޓް ނެރުމުގެ އިތުރަށް ލ އަތޮޅުން ސ އަތޮޅަށް ވައިޓް އެލާޓް ނެރެފައިވާނެ ކަމަށެވެ.
ALERT YELLOW
— Maldives Meteorology (@MetMaldives) November 30, 2017
Advisory:
Torrential rain with average strong winds of 30 - 40 mph and gust winds of 55 mph expected.
Area: Between Haa Alifu and Vaavu atoll
PERIOD:30/1900 - 01/0100 hrs.
އެގޮތުން މި ދެ އެލާޓު ވެސް ނެރެފައިވަނީ މިރޭ 19:00 އިން މެންދަމު 1:00 އާއި ހަމައަށެވެ.
ޔެލޯ އެލާޓު ނެރެފައިވާ ހިސާބުތަކަށް އެވްރެޖްގޮތެއްގައި ވައި ޖެހޭނެ ކަމަށް ލަފާކޮށްފައިވަނީ ގަޑިއަކު 30 މޭލާ 40 މޭލާ ދެމެދުގައެވެ. އަދި ވައިޓް އެލާޓް ނެރެފައިވާ ހިސާބުތަކަށް އެވްރެޖްގޮތެއްގައި ވައި ޖެހޭނެ ކަމަށް ލަފާކޮށްފައިވަނީ 23 މޭލާ 29 މޭލާ ދެމެދުގައެވެ.
ALERT WHITE
— Maldives Meteorology (@MetMaldives) November 30, 2017
Average strong winds of 23 - 29 mph with gust winds of 50 mph expected.
Area: Between Laamu and Addu atoll.
Period:30/1900 hrs - 01/0100 hrs.
ރާއްޖެ އަށް މިހާރު ކުރަމުންދާ ވިއްސާރައަކީ ލަންކާ ކައިރީގައި އުފެދިފައިވާ ތޫފާނުގެ ސަބަބުން ކުރަމުންދާ ވިއްސާރައެއް ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން ވަނީ ބުނެފައެވެ.