ލީޑަރޝިޕް އެކެޑަމީ އިން ބޭއްވި ކޫލް ކޭމްލް ނިންމާ، ބައިވެރިވި ކުދިންނަށް ސެޓްފިކެޓް ހަވާލުކޮށްފި އެވެ.
މިކޭމްޕްގައި 116 ކުދިން ބައިވެރިވެފައިވާ އިރު ކޭމްޕް ކުރިއަށް ދިޔައީ، މިމަހުގެ 25ން 30 ވަނަ ދުވަހުގެ ނިއަލަށެވެ. މި ކޭމްޕް ނިންމުމުގެ ރަސްމިއްޔާތުގައި ޝަރަފްވެރި މެހެމާނެއްގެ ގޮތުގައި ބައިވެރިވެވަޑައިގެންނެވީ މައި ކޮލެޖުގެ ރެކްޓަރ އާމާލް އަލީއެވެ. އާމާލް ވަނީ މި ކޭމްޕްގައި ބައިވެރިވި ކުދިންނާ މުހާތަބުކޮށް ވާހަކަދައްކަވާފައެވެ. ކޭމްޕް ނިމުމުގެ ރަސްމިއްޔާތުގައި ބެލެނިވެރިންވެސް ބައިވެރިވިއެވެ.
ލީޑަރޝިޕް އެކެޑަމީގެ ފަރާތުން ކޫލް ކޭމްޕް އިންތިޒާމު ކުރާ ފަރާތްކަމުގައިވާ އާޝިޔާ ސައީދު ވިދާޅުވީ، މި ކޭމްޕަކީ އެ އެކެޑަމީއިން ޗުއްޓީ ދުވަސްވަރާ ދިމާކޮށް ކުރިއަށްގެންދާ ހާއްސަ ކޭމްޕެއް ކަމަށާއި، މި ކޭމްޕްގެ ތެރެއިން ތަފާތު އެކި ދާއިރާތަކުގެ މައުލޫމާތުތަކާއި ލީޑަރޝިޕް ހުނަރުތައް ދަސްކޮށްދިނުމަށް ހަމަޖެހިފައިވާ ކަމަށެެވެ.
މި ކޭމްޕް ކުރިއަށް ދަނީ 5 އަހަރުން ފެށިގެން 15 އަހަރުގެ ކުދިންނަށް ހާއްސަކޮށްގެން ކަމަށާއި ކޮންމެ ދުވަހެއްވެސް ވަކި ތީމްތަކަކަށް ބަހާލެވިގެން ކުރިއަށް ދިޔަކަމަށެވެ.
މި ކޭމްޕްގެ ތީމްތަކަކީ އީކޯ ކެޔަރ، ހެލްތް އެންޑް ފިޓްނެސް، މަނީ މެނޭޖްމެންޓް، ޓައިމް މެނޭޖްމެންޓް އަދި ޕެޓްރިއޯޓިޒަމް އެވެ. މިކަންކަަމުގެ ތެރެއިން ދިރިއުޅުމުގެ ރީތި އާދަތައް ދަސްކޮށްދިންކަމަށް ކަމަށް ލީޑަރޝިޕް އެކެޑަމީ އިން ބުނެ އެވެ. އުމުރުން 5 އަހަރާއި 15 އަހަރާއި ދެމެދުގެ ކުދިން މި ކޭމްޕްގައި ބައިވެރިވީ، ހަތަރު ގްރޫޕަކަށް ބަހާލެވިގެންނެވެ. އެގޮތުން އެކްސްޕްލޯރަރސް އާއި ޑިސްކަވަރަރސް އާއި ހައިކަރސްގެ އިތުރުން އެޑްވެންޗަރަރސްގެ ނަމުގައި ގްރޫޕުތައް ވަނީ ބަހާލެވިފައެވެ.