ކ. މާލެ
|
30 ނޮވެންބަރ 2017 | ބުރާސްފަތި 10:45
 އަންކިތާ ލޮކަންޑޭ
އަންކިތާ ލޮކަންޑޭ
ގެޓީ އިމޭޖަސް
އަންކިތާ ލޮކަންޑޭ
ރާއްޖެ ޓީވީ ނައިޓްގައި އިންޑިއާގެ އަންކިތާ ލޮކަންޑޭ
އަންކިތާ މަޝްހޫރުވީ ސީރީޒް "ޕަވިތުރާ ރިޝްތާ"އިން

ރާއްޖެ ޓީވީ ނައިޓް ގެ ނަމުގައި ޑިސެމްބަރު މަހުގެ 15 ވަނަ ދުވަހު ބާއްވާ ޝޯގައި އިންޑިއާގެ ތަރި އަންކިތާ ލޮކަންޑޭ ޕާފޯމް ކުރަން ހަމަޖެހިއްޖެއެވެ.

އަންކިތާ ލޮކަންޑޭ އަކީ ޒީ ޓީވީން 2009 ވަނަ އަހަރުގައި ގެނެސްދިން މަޝްހޫރު ޑްރާމާ ސީރީޒް "ޕަވިތުރާ ރިޝްތާ"އިން މަޝްހޫރުވި ބަތަލާއެކެވެ.

އަންކިތާ ލޮކަންޑޭ ވަނީ ސެލެބްރިޓީ ޑާންސް ޝޯ ކަމަށްވާ "ޖަލަކދިކްލާޖާ" ގައިވެސް ބައިވެރިވެ ޕާފޯމް ކޮށްފައެވެ.

މީގެ އިތުރުން ހިންދީ ސީރީޒް "އޭކް ތީ ނާއިކާ" އިންވެސް  އޭނާ ވަނީ ފެނިގެން ގޮސްފައެވެ. އަންކިތާ ލޮކަންޑޭއަށް ވަނީ "ޕަވިތުރާ ރިޝްތާ" އިން އެވޯޑްތަކެއްވެސް ލިބިފައެވެ. އޭގެ ތެރޭގައި 2010  ވަނަ އަހަރު "އިންޑިއަން ޓެލެވިޝަން އެކަޑަމީ އެވޯޑް"، "ފޯތު ބޮރޯ ޕްލަސް ގޯލްޑް އެވޯޑްސް: ބެސްޓް އެކްޓްރެސް އިން ލީޑް ރޯލް"(2011)، "އިންޑިއަން ޓެލީ އެވޯޑްސް"(2012)، އަދި "ސްޓާ ގިލްޑް އެވޯޑްސް: ބެސްޓް އެކްޓްރެސް އިން ޑްރާމާ ސީރީޒް"(2014) ލިބިފައިވެއެވެ.

އަންކިތާ ލޮކަންޑޭގެ ފުރަތަމަ ފިލްމަކީ އަންނަ އަހަރު ނެރުމަށް ހަމަޖެހިފައިވާ "މަނިކާނިކާ: ދަ ކުއީން އޮފް ޖާންސީ" އެވެ. މި ފިލްމު ސިނަމާތަކަށް އަންނާނީ އަންނަ އަހަރުގެ އެޕްރީލް މަހުގެ 28 ވަނަ ދުވަހުގައެވެ.

- ކޮމެންޓް
30 ނޮވެންބަރ 2017 | ބުރާސްފަތި 10:26
Ankita
Meenamee 2014 ga outdated vi meeheh. Alhe miyahvure mash'hooru meehaku nuveetha? Mulhin lato fato meehun this gennanee salhivaaney kiyaafa. Meekee bodu agu dheefa ticket ganegen balan dhaavaruge mash'hooru meehehves noon dhen