ކ. މާލެ
|
30 ނޮވެންބަރ 2017 | ބުރާސްފަތި 08:18
ވައި ގަދަވުމުގެ ސަބަބުން ގަހެއް ވެއްޓި، ކާރަކަށް ގެއްލުންވެފައި
ވައި ގަދަވުމުގެ ސަބަބުން ގަހެއް ވެއްޓި، ކާރަކަށް ގެއްލުންވެފައި
ޑެއިލީ މިރޯ
ލަންކާއަށް ކުރަމުންދާ ވިއްސާރަ
ކޮޅިގަނޑުގައި ލަންކާއަށް ބޮޑެތި ގެއްލުންތަކެއް!
ކޮޅިގަނޑުގައި ގަޑިއަކު 80 މޭލަށް ވައިގަދަވި

ލަންކާއަށް އިއްޔެއާއި ރޭ ކުރި ބޯވިއްސާރައިގެ ސަބަބުން ބޮޑެތި ގެއްލުންތަކެއް ލިބިއްޖެއެވެ.  ވިއްސާރައިގައި ވައިގަދަވުމުގެ ސަބަބުން ބޮޑެތި ގަސްތައް ވެއްޓި، ގެދޮރަށާއި ބައެއް ވެހިކަލްތަކަށް ވަނީ ގެއްލުންވެފައެވެ. އަދި ވެރިރަށް ކޮޅުނބާއި ވަށައިގެންވާ ބައެއް ސަރަހައްދުތަކުން ރޭ ކަރަންޓު ދިޔަކަމަށް އެސަރަހައްދުގައި ދިރިއުޅޭ ބައެއް ދިވެހިން ބުނެއެވެ. މަގު ހުރަހަށް ބައެއް ގަސްތައް ވެއްޓި ކޮޅުނބާއި ކެންޑީއާއި ދެމެދު އޮންނަ މައި މަގުގެ ބައެއް ސަރަހައްދުތައްވެސް ބުދަ ދުވަހުގެ ރޭ ބަންދުވިއެވެ. ވައި އެންމެ ގަދަވި ވަގުތު ލަންކާގެ އިދާރީ ވެރިރަށް ކަމަށްވާ ސްރީޖަޔަވަރަދަނަޕޫރާ ކޯއްޓޭގެ މައި ހޮސްޕިޓަލަށް ކަރަންޓުދޭ ކޭބަލެއްގެ މައްޗަށް ގަހެއް ވެއްޓި ކޭބަލް ބުރިވިއެވެ. އަދި އެކަމުގެ ސަބަބުން ހޮސްޕިޓަލުން ކަރަން ކަނޑައިގެންދިޔައެވެ. ކޮޅުނބާއި ކޮއްޓޭގެ އިތުރުން ލަންކާގެ ދެކުނުގެ ސަރަހައްދުތައްކަމަށްވާ ގޯލް، މާތަރަ އަދި އަމްބަލަންގޮޑާގައިންވެސް ރޭގެ ވަގުތުތަކުގައި ކަރަންޓު ކެނޑުނެވެ. އަދި ވިއްސާރައިގެ ސަބަބުން އެންމެ ބޮޑަށް ގެއްލުންވެފައިވަނީ މިސަރަހައްދުތަކަށެވެ. ބުދަ ދުވަހުގެ ރޭ ލަންކާ ފުލުހުންނާއި ފަޔަރ ފައިޓަރުން މަގުތަކަށް ވެއްޓިފައިވާ ގަސްތައް ނެގުމުގައި ހަރަކާތްތެރިވިއެވެ.

 

ވައިގަދަވުމުގެ ސަބަބުން ކޮޅުނބުގެ މަގެއްގެ މައްޗަށް ގަހެއް ވެއްޓިފައި

ބުދަ ދުވަހުގެ ރޭގެ ބައެއް ވަގުތުތަކުގައި ލަންކާގެ ދެކުނާއި ހުޅަނގުގެ ސަރަހައްދުތަކަށް ގަޑިއަކު 80 މޭލަށް ވައިގަދަވިކަމަށް ލަންކާގެ މޫސުމާއި ބެހޭ އިދާރާއިން ބުނެއެވެ.

ވިއްސާރަވެ، ވައި ގަދަވުމުގެ ސަބަބުން އިންޑިއާގެ ދެ ސިޓީއަކުން ކޮޅުނބަށް އައި ދެ ފްލައިޓްވެސް ބަންޑާރަނަޔަކަ އިންޓަރނޭޝަނަލް އެއަރޕޯޓުގައި ނުޖެއްސިގެން ހަމްބަންތޯޓާގެ މައްތަލަ ރާޖަޕަކްސަ އިންޓަރނޭޝަނަލް އެއަރޕޯޓްގައި ޖައްސަން ޖެހުނެވެ. އަދި ވެސްޓަރން ޕްރޮވިންސާއި، ސެންޓްރަލް ޕްރޮވިންސާއި، ސަދަން ޕްރޮވިންސްގެ އިތުރުން އުވާ ޕްރޮވިންސްގެ ސްކޫލްތައްވެސް މިއަދުވަނީ ބަންދުކޮށްފައެވެ. ލަންކާގެ އެޑިއުކޭޝަން މިނިސްޓްރީއިން ބުނާ ގޮތުގައި މިއަދު އެ ޕްރޮވިންސްގެ ސްކޫލްތަކުގައި ބާއްވަން ހަމަޖެހިފައިވާ ޓެސްޓްތައް ދެން ބާއްވާނީ ފަހުގެ ތާރީޚެއްގައެވެ.

- ކޮމެންޓް