ކ. މާލެ
|
30 ނޮވެންބަރ 2017 | ބުރާސްފަތި 10:29
ކަޅުދުމާއި އަޅި ފަރުބަދައިގެ ކޮޅުން ފެށިގެން 3،400 މީޓަރު އުސްމިނަށް އަރާފައިވޭ
ކަޅުދުމާއި އަޅި ފަރުބަދައިގެ ކޮޅުން ފެށިގެން 3،400 މީޓަރު އުސްމިނަށް އަރާފައިވޭ
ބީބީސީ
އަގުންގް ފަރުބަދަ ގޮވުން
އަގުންގް އަލިފާން ފަރުބަދަ ގޮވުން:ބާލީ އެއަރޕޯޓް އަލުން ހުޅުވައިފި
ގެތަކާއި ތަންތަނުގައި ވަނީ އަޅީގެ ފަށަލަތައް އުފެދިފައި
އެއްލައްކައެއްހާ މީހުން ރައްކާތެރި ސަރަހައްދުތަކަށް ބަދަލުވުމަށް އެންގުނު
ކަޅުދުމާއި އަޅި ފަރުބަދައިގެ ކޮޅުން ފެށިގެން 3،400 މީޓަރު އުސްމިނަށް އަރާފައިވޭ

އަލިފާން ފަރުބަދައިން އަރަމުންދިޔަ އަޅިން އުފެދިފައިވާ ވިލާތަކުން ޖައްވު ނުސާފުވެ ބާލީގެ ބައިނަލްއަގްވާމީ އެއަރޕޯޓްގެ ދަތުރުތައް މެދުކެނޑުނުތާ ތިންދުވަސްފަހުން އަލުން ދަތުރުތައް ފަށައިފިއެވެ.

އިންޑޮނީޝިއާގެ ބާލީގެ އަގުންގް އަލިފާން ފަރުބަދަ ގޮވުމާ ގުޅިގެން ގެތަކާއި ތަންތަނުގައި ވަނީ އަޅީގެ ފަށަލަތައް އުފެދިފައެވެ.

ފަރުބަދަ ގޮވަންފެށުމުން 100.000އެއްހާ މީހުން ރައްކާތެރި ސަރަހައްދުތަކަށް ބަދަލުވުމަށް އެންގުނުއިރު ފްލައިޓްތައް ކެންސަލް ކުރަން ޖެހުމުން އެތައްހާސް ބަޔަކު އެއާޕޯޓުގައި ތާށިވިއެވެ.

ބާލީގެ އޮފިޝަލަކު ވިދާޅުވީ ވައިޖެހޭ މިސްރާބް ބަދަލުވެއްޖެނަމަ އަނެއްކާ ވެސް އެއަރޕޯޓް ބަންދު ކުރަންޖެހިދާނެ ކަމަށެވެ.

ބުދަ ދުވަހުގެ މެންދުރު ފަހު 3:00 ން ފެށިގެން އެއަރޕޯޓް ހުޅުވާފައިވީ ނަމަވެސް ހާލަތު ގެންދަނީ މޮނިޓަރ ކުރަމުންނެވެ.

ރައްކާތެރި ސަރަހައްދުތަކަށް ބަދަލުވުމަށް އަންގާފައިވީ ނަމަވެސް ބައެއްއާއްމުން ވަނީ ލާވާގެ ނުރައްކާ ކުރިމަތި ނުވަނީސް ވަޒަން ދޫކޮށް ނުދިއުމަށެވެ.

ބާލީގެ އިދާރާތަކުން ބުނާގޮތުގައި ކަޅުދުމާއި އަޅި ފަރުބަދައިގެ ކޮޅުން ފެށިގެން 3،400 މީޓަރު އުސްމިނަށް އަރާފައިވެއެވެ.

އަގުންގް ފަރުބަދައަށް މިފަހަރު ގުޑުންތައް އަންނަން ފަށާފައިވަނީ ސެޕްޓެމްބަރު މަހުން ފެށިގެންނެވެ. ނަމަވެސް ފަރުބަދައިގެ ކުދި ގޮވުންތައް އަންނަންފަށާފައިވަނީ މިދިޔަ ހަފްތާއިން ފެށިގެންނެވެ. ބޮޑު ގޮވުމެއް ގޮވާފާނެކަމުގެ ބިރަށް މިދިޔަ ހޯމަ ދުވަހު ވަނީ އެންމެ މަތީ ނުރައްކަލުގެ އިންޒާރު ނެރެފައެވެ.

އަގުންގް އަލިފާން ފަރުބަދަ އެންމެ ފަހުން ގޮވާފައިވަނީ 1963 ވަނަ އަހަރުއެވެ. އެ އަހަރު 1500 މީހުން މަރުވެ 75،000 މީހުން ރައްކާތެރި ހިސާބުތަކަށް ބަދަލުކުރަން ޖެހުނެވެ.

 

- ކޮމެންޓް