ކ. މާލެ
|
29 ނޮވެންބަރ 2017 | ބުދަ 22:18
މިސްރުގެ ސައިނާގައި ހަނގުރާމަވެރިން ދިން ޙަމަލާގެ ފަހުން ރައީސް ސީސީ ޓީވީ މެދުވެރިކޮށް ޤައުމާއި މުޚާޠަބުކުރައްވަނީ
މިސްރުގެ ސައިނާގައި ހަނގުރާމަވެރިން ދިން ޙަމަލާގެ ފަހުން ރައީސް ސީސީ ޓީވީ މެދުވެރިކޮށް ޤައުމާއި މުޚާޠަބުކުރައްވަނީ
ރޮއިޓަރސް
މިސްރުގެ އަސްކަރިއްޔާ
ސައިނާ ވާދީ ހިފަން މިސްރުގެ އަސްކަރިއްޔާއަށް 3 މަސްދުވަހުގެ މުހުލަތެއް!
ސައިނާ ސަރަހައްދުގައި އަލްޤައިދާއާއި އައިސިސްގެ ހަނގުރާމަވެރިންގެ ގިނަ އަދަދަކަށް ޙަރަކާތްތެރިވޭ

ހަނގުރާމަވެރިންގެ ހާއްޔަކަށްވެފައިވާ މިސްރުގެ ސައިނާ ސަރަހައްދު އެޤައުމުގެ އަސްކަރިއްޔާގެ ބާރުގެ ދަށަށް ގެނައުމަށް އަސްކަރިއްޔާއަށް 3 މަސްދުވަހުގެ މުހުލަތެއް ރައީސް އަބްދުލްފައްތާޙު އަލްސީސީ ދެއްވައިފިއެވެ.

މިސްރުގެ އަސްކަރިއްޔާގެ އައު ކޮމާންޑަރަށް ސީސީ ނެރުއްވި އަމުރުގައިވަނީ އަސްކަރިއްޔާގެ ހުރިހާ ބާރެއް ބޭނުންކޮށްގެން ސައިނާ ސަރަހައްދު ސިފައިންގެ ބާރުގެ ދަށަށް ގެނައުމަށެވެ. ސީސީ މިއަމުރު އަސްކަރިއްޔާއަށް ނެރުއްވާފައި މިވަނީ މިދިޔަ ހުކުރު ދުވަހު ހުކުރު ނަމާދު ވަގުތު ސައިނާ ސަރަހައްދުގައި ހުންނަ މިސްކިތަކަށް ދިން ހަމަލާގައި 300 އަށް ވުރެ ގިނަ މީހުން މަރުވެފައި ވަނިކޮށެވެ. މި ޙަމަލާގެ ޒިންމާ އެއްވެސް ފަރާތަކުން އަދި މިހާތަނަށް ނަގާފައި ނުވިނަމަވެސް، ހަމަލާދިން ހަނގުރާމަވެރިންގެ ތެރެއިން ބައެއް މީހުން އައިސިސް ދިދަ ހިފައިގެން ތިބިކަމަށް މަންޒަރު ދުށް މީހުންނާއި ހަވާލަދީ ރިޕޯޓްތައް ބުނެއެވެ.

އުތުރު ސައިނާގައި ހަނގުރާމަވެރިންނާއި މިސްރުގެ ސަލާމަތީ ބާރުތަކާއި ދެމެދު ކުރިމަތިލުންތައް ހިނގާތާ މިހާރު 3 އަހަރު ވެފައިވާއިރު، ހަނގުރާމަވެރިންގެ ޙަމަލާތަކުގައި ސިފައިންނާއި ފުލުހުންގެ އެތައް ބަޔަކު މަރުވެފައިވެއެވެ.

Advertisement

އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް