ކ. މާލެ
|
29 ނޮވެންބަރ 2017 | ބުދަ 22:12
ޕްރިންސް މުތައިބު ބިން އަބްދުﷲ
ޕްރިންސް މުތައިބު ބިން އަބްދުﷲ
ފޮކްސް ނިއުސް
ސައުދީ އަރަބިއްޔާ
ޕްރިންސް މުތައިބު ދޫކޮށްލީ ސައުދީ ސަރުކާރާއެކު ވެވުނު އެއް ބިލިއަން ޑޮލަރުގެ ޑީލެއްގެ ދަށުން
އިތުރު ތިން ފަރާތެއް ދޫކޮށްލުމަށްޓަކައި ފައިސާގެ އެއްބަސްވުންތަކަށް ސައުދީ ސަރުކާރުން އައިސްފައިވޭ

ކޮރަޕްޝަނުގެ ތުހުމަތުގައި ސައުދީ އަރަބިއްޔާގައި ބަންދުކޮށްފައި ތިބި ޕްރިންސުންގެ ތެރޭގައި ހިމެނޭ މުތައިބް ބިން އަބްދުﷲ ދޫކޮށްލާފައި ވަނީ އެއް ބިލިއަން ޑޮލަރުގެ ޑީލެއްގެ ދަށުން ކަމަށް ރިޕޯޓުތައް ބުނެފިއެވެ.

ސައުދީ ގެ ސަރުކާރަށް އެއް ބިލިއަން ޑޮލަރު ދޭން އެއްބަސްވުމުން މުތައިބް ބިން އަބްދުﷲ ދޫކޮށްލާފައިވާއިރު ކޮރަޕްޝަނާ ދެކޮޅަށް ސައުދީގައި އަލަށް އުފެއްދި ކޮމިޝަނުން މި މަހު 4 ވަނަ ދުވަހުން ފެށިގެން ވަނީ 200 ވަރަކަށް ވިޔަފާރިވެރިންނާއި ސިޔާސީ މީހުން ހައްޔަރުކޮށްފަ އެވެ.

ރިޕޯޓުތައް ބުނާގޮތުން ހައްޔަރުކޮށްފައިވާ އިތުރު ތިން ފަރާތެއް ދޫކޮށްލުމަށްޓަކައި ފައިސާގެ އެއްބަސްވުންތަކަށް ސައުދީ ސަރުކާރާއެކު އާދެވިފައިވެއެވެ.

ސައުދީ ވަލީ އަހުދު މުހައްމަދު ބިން ސަލްމާންއާ ދެބެންގެ ދެދަރި މުތައިބް ހައްޔަރު ކުރީ ސަރުކާރުގައި އެމަނިކުފާނު ހުންނެވި ނޭޝަނަލް ގާޑުގެ މިނިސްޓަރުކަމުން ދުރުކުރު ކަމަށް ފަހު އެވެ.

ސައުދީ ސަރުކާރުގެ އިސް އޮފިޝަލަކު ޕްރިންސް މުތައިބު ބަންދުން ދޫކޮށްލައިފާވާކަން އޭއެފްޕީ އަށް ކަށަވަރު ކޮށްދީފައިވާ އިރު، މިހާތަނަށް ޕްރިންސް މުތައިބު އެއްވެސް އެއްޗެއް މިކަމާ ބެހޭ ގޮތުން ވިދާޅުވެފައެއް ނުވެއެވެ. މުތައިބު އެއްކޮށް މިނިވަން ވީތޯ ނުވަތަ ހުންނެވީ ގޭ ބަންދެއްގައި ކަމެއް އަދި ނޭނގެއެވެ.

Advertisement

އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް