ކ. މާލެ
|
30 ނޮވެންބަރ 2017 | ބުރާސްފަތި 08:10
އައިއެސްއިން ސުންނާފަތިކޮށްލި ގަދީމީ ސިޓީއެއްކަމަށްވާ ޕަލްމީރާ،
އައިއެސްއިން ސުންނާފަތިކޮށްލި ގަދީމީ ސިޓީއެއްކަމަށްވާ ޕަލްމީރާ،
ގޫގުލް
އައިއެސް ހަނގުރާމަ
އައިއެސްގެ ކޮންޓްރޯލް އޮންނަ ސަރަހައްދުތައް ހިންގާ ގޮތް ހާމަޥާ ލިޔެކިޔުންތަކެއް ފެނިއްޖެ
ލިޔެކިޔުންތައް ހޯދާފައިވަނީ އަލް ބާޖް ޑިސްޓްރިކްޓުން
އައިއެސްގެ ބާރު މެދުއިރުމަތީގައި މިހާރުވަނީ ކުޑަވާން ފަށާފައި
އައިއެސްގެ އަތްދަށުން ފިލާ ނުވަތަ ފިލަން މަސައްކަތްކުރުމުގެ އަދަބަކީ މަރު

އައިއެސްގެ އަތްދަށުގައި އޮތް ސަރަހައްދުތަކުގައި ގެންގުޅޭ ހަރުކަށި ގަވާއިދުތަކާއި، އެ ޖަމާއަތުގެ ގާނޫނުތަކާއި ކޯޑް އޮފް ކޮންޑަކްޓާ ޚިލާފްވާ ފަރާތްތަކާ ކުރިމަތިވާނެ ކަންތައްތަކާ ބެހޭ ލިޔެކިއުންތަކެއް ފެނިއްޖެއެވެ.

އަލްޖަޒީރާއަށް ލިބިފައިވާ މި ލިޔުންތަކުންވަނީ އެ ޖަމާއަތުގެ އޮނިގަނޑާ ޖަމާއަތުގެ ހާލަތު އިތުރަށް އެނގިގެން ގޮސްފައެވެ.

މި ލިޔެކިޔުންތައް ހޯދާފައިވަނީ އިރާގުގެ ދެވަނައަށް އެންމެ ބޮޑު ސިޓީކަމަށްވާ މޫސަލްގެ ހުޅަނގުން އޮންނަ އަލް ބާޖް ޑިސްޓްރިކްޓުންނެވެ.

އެ ލިޔުންތަކުންގެ ތެރެއިން އައިއެސްގެ ލޯގޯ ޖަހާފައިވާ އެއް ލިޔުމެއްގައިވާ ގޮތުން އިރާގުގެ ފައުޖުތަކާ ހަނގުރާމަކުރަމުންދާ އެ ޖަމާއަތުގެ މެމްބަރަކު ފިލައިގެންގޮސްފިނަމަ ނުވަތަ ދާން އުޅުނު މީހަކަށް އަދަބު ދޭންޖެހޭ ގޮތުގެ އިރުޝާދު ގްރޫޕްގެ އޮނިގަނޑުގައިވާ ހުރިހާ ގުނަވަނަކަށް ދޭނީ އޮތަރައިޒްޑް ކޮމިޓީ" އިންނެވެ.

މީގެ އިތުރުން އެ ޖަމާއަތުގެ ހަނގުރާމަވެރިން އަތުލައިގަންނަ ކޮންމެ މީހަކު އެޖަމާއަތުގެ ވިސްނުމަށް އަނބުރާލުމަށް އެ ޖަމާއަތުގެ"އަސްކަރީ ކޯޓާއި" އަސްކަރިއްޔާގެ އިންޓެލިޖެންސް" އަށް އިރުޝާދު ދީފައިވެއެވެ.

އައިއެސްގެ ކަންތައްތަކާ ބެހޭ ތަޖުރިބާކާރެއްކަމަށްވާ ހަސަން އަބޫ ހަނިއްޔާ އަލްޖަޒީރާގައި ބުނެފައިވަނީ އެ ޖަމާއަތުގެ ކޯޓުތަކުން އާއްމުކޮށް އިއްވާނީ މަރުގެ ހުކުމް ކަމަށެވެ. އޭގެ ސަބަބަކީ އެ ޖަމާތުން ހައްޔަރު ކުރާ މީހުން ހަނގުރާމައިގައި ބައިވެރިވުމަށް ދެކޮޅު ހެދުން ނޫންނަމަ އެނބުރި އަމިއްލަ ގައުމަށް ދިއުމަށް އެދެމުން ދިއުމެވެ.

 

Advertisement

އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް