ކ. މާލެ
|
29 ނޮވެންބަރ 2017 | ބުދަ 12:35
ވަރުން ދަވަން
ވަރުން ދަވަން
ގެޓީ އިމޭޖަސް
ވަރުން ދަވަން
އެންމެ ބޮޑު އެހީތެރިކަމެއް ލިބުނީ ކަރަންގެ ފަރާތުން: ވަރުން ދަވަން
ވަރުން ވަނީ އޭނާ ފިލްމު ކުޅެދޭ އަގުވެސް ބޮޑުކޮށްފައި

އެންމެ ބޮޑު އެހީތެރިކަމެއް ލިބުނީ ޑައިރެކްޓަރ ކަރަން ޖޯހަރުގެ ފަރާތުން ކަމަށް ބޮލީވުޑްގެ މިހާރު ކުރިއަރަމުން އަންނަ ތަރި ވަރުން ދަވަން ބުނެފިއެވެ.

ވަރުން މިހެން ބުނީ އިންޑިއާހެ ނޫހެއް ކަމަށްވާ "ޑެކަން ކްރޯނިކަލްއަށް ދިން އިންޓަވިއުއެއްގައެވެ.

ވަރުން ދަވަން އެންމެ ފުރަތަމަ ފިލްމީ ދާއިރާއިން ފެނިގެން ދިޔައީ ކަރަން ޖޯހަރު ޑައިރެކްޓު ކޮށްފައިވާ "ސްޓޫޑެންޓް އޮފް ދަ އިޔާ" އިންނެވެ.

ވަރުން ބުނީ އޭނާ އަށް މިދާއިރާއަށް ވަދެވުނީ ކަރަން ދިން ފުރުސަތަކުން ކަމަށާއި މިދާއިރާގައި ކާމިޔާބުކަމާއެކީ ކުރިއަށް ދިއުމަށް ކަރަންގެ ފަރާތުން ވަރަށްބޮޑު އެއްބާރުލުމެއް ލިބިފައި ވާކަމަށެވެ. ވަރުން ވަނީ އޭނާ ފިލްމު ކުޅެދޭ އަގުވެސް މިހާރު ބޮޑުކޮށްފައެވެ.

މި އިންޓަވިއުގައި އޭނާ ވަނީ ފިލްމު ކުޅެދޭ އަގު ބޮޑުކުރީ ކަރަން ޖޯހަރުގެ އެދުމުގެ މަތިންކަމަށް ބުނެފައެވެ. ވަރުން ބުނީ ކަރަން ޖޯހަރަކީ އޭނާގެ ފިލްމީ ކެރިއަރުގައި މުހިއްމު ރޯލު އަދާކުރާ މީހަކަށް ވީތީ ކަރަންގެ އެދުމުގެ މަތިން ފިލްމު ކުޅެދޭއަގު ބޮޑު ކުރީކަމަށެވެ.

ވަރުން މިހާރު ފިލްމު ކުޅެދޭއަގަކީ 13 ކުރޯޑް އިންޑިއަން ރުޕީސްއެވެ. މީގެ ކުރިން އޭނާ ފިލްމު ކުޅެދީފައިވަނީ އަށްކުރޮޑް އިންޑިއަން ރުޕީސްއަށެވެ.

ވަރުން ދަވަން އެންމެ ފަހުން ފެނިގެން ގޮސްފައިވަނީ "ޖުޅްވާ2"އިންނެވެ. އެ ފިލްމުގައި ވަރުންއާއި އެކީގައި ފެނިގެން ގޮސްފައިވަނީ ޖެކޮލިން ފެނާންޑޭޒްއެވެ.  ވަރުންގެ ކުރިއަށް ހުރި ފިލްމު ތަކުގެ ތެރޭގައި "ސުއި ދާގާ: މޭޑް އިން އިންޑިއާ" އަދި "އޮކްޓޯބަރ" ހިމެނެއެވެ.

 

 

- ކޮމެންޓް