ކ. މާލެ
|
29 ނޮވެންބަރ 2017 | ބުދަ 09:10
އަކްޝޭ ކުމާރު
އަކްޝޭ ކުމާރު
ގެޓީ އިމޭޖަސް
އަކްޝޭ ކުމާރު
އަކްޝޭ ކުމާރު އެންމެ ފުރަތަމަ ފިލްމު ކުޅެދިނީ ކިހާވަރަކަށްކަން އެނގޭތަ؟
 
ފުރަތަމަ އަކްޝޭ ކުޅެފައިވަނީ "ސޯގަންދު"
 
ކާމިޔާބު މީހަކަށް ވީ ދިމާވި ހާދިސާއެއްގެ ސަބަބުންކަމަށް ބުނި

ބޮލީވުޑްގެ ތަރިންގެ ތެރެއިން އަކްޝޭ ކުމާރަކީ އެންމެ އަގުބޮޑު ތަރިންގެ ތެރޭގައި ހިމެނޭ އެކެކެވެ.

އޭނާ ވަނީ ބޮލީވުޑްއިން ފެށިގެން ދުނިޔޭގެ އެކި ކަންކޮޅުތަކުގެ މީހުންގެ މަގުބޫލުކަން ލިބިފައެވެ. އިންޑިއާގެ ނޫހެއް ކަމަށްވާ މިޑްޑޭއަށް އަކްޝޭ ދިން އިންޓަވިއުއެއްގައި ބުނެފައިވަނީ އޭނާ އެންމެ ފުރަތަމަ ފިލްމެއް ކުޅެގެން ލިބުނީ އެންމެ 5000 އިންޑިއަން ރުޕީސް ކަމަށެވެ. އަދި އޭނާ އެފަހަރު ފިލްމު ކުޅުމަށް ފިލްމު ޑައިރެކްޓަރެއް ކަމަށްވާ ޕްރަމޯދް ޗަކްރަވޯޓީ އާއި އެކު ތިންފިލްމެއްގައި ސޮއި ކުރި ކަމަށެވެ.

އަކްޝޭ ވަނީ އޭނާއަކީ ކުރިން ކާމިޔާބު މީހަކަށް ނުވިނަމަވެސް ކާމިޔާބީއާއި ހަމައަށް ދިއުމަށް މަސައްކަތް ކުރުވީ ދިމާވި ހާދިސާއެއްގެ ސަބަބުން ކަމަށް ބުނެފައެވެ. އަކްޝޭ "މޮޑެލިން އެސައިންމަންޓް" ހެދުމަށް ބެންގަލޫރަށް ދިއުމަށްޓަކައި އޭނާ ދާން އުޅުނު ފްލައިޓްގެ ގަޑި ނޭގި އެ ފްލައިޓް ކެޓީއެވެ. އަކްޝޭ ދާން އުޅުނު "މޮޑެލިން އެޖެންސީ" މީހާ އޭނާ އަށް ގުޅާ "ދުވަހަކު ވެސް ދިރިއުޅުމުގައި އޭނާ ކާމިޔާބު މީހަކަށް ނުވާނެކަމަށް ބުނި" ކަމަށް އަކްޝޭ ބުންޏެވެ. އެނބުރި އޭނާގެ މަންމަގެ ކައިރީގައި ވަރަށް ދެރަވެ އެވާހަކަ ދެއްކުމުން ކޮންމެ ކަމެއްވެސް ވާނީ ރަނގަޅަކަށް ކަމަށް ބުނިކަމަށް އަކްޝޭ ބުންޏެވެ. އެދުވަހުގެ ފަހުން އޭނާ ކާމިޔާބު މީހަކަށް ވުމަށް ވަރަށް މަސައްކަތް ކުރިކަމަށް އަކްޝޭ ބުންޏެވެ.

އޭގެ އަނެއްދުވަހު އަކްޝޭ ދިޔައީ ފިލްމު އުފައްދާ ސްޓޫޑިއޯ އެއްކަމަށްވާ ނަތުރާޖް ސްޓޫޑިއޯއަށެވެ. އެ ތަނުން އޭނާއަށް ފުރުސަތު ދިނީ ޑައިރެކްޓަރެއް ކަމަށްވާ ޕްރަމޯދް ޗަކްރަވޯޓީއެވެ. އެއްފަހަރާ ތިން ފިލްމަށް ސޮއި ކުރުމަށް ޕްރަމޯދް ދިނުމުން އަކްޝޭ އަވަހަށް ސޮއި ކުރީއެވެ. އަކްޝޭ ބުނީ އޭނާގެ ފުރަތަމަ ފިލްމު 5،000 ރުޕީސްއަށް ކުޅުނު ކަމުގައި ވިޔަސް ދެވަނަ ފިލްމު ކުޅުނީ 50،000 ރުޕީސްއަށް ކަމަށެވެ. އަދި ތިންވަނަ ފިލްމު ކުޅުނީ 1.5 ލައްކަ ރުޕީސްއަށް ކަމަށެވެ. އޭގެ ފަހުން އޭނާގެ ޑިމާންޑް ބޮޑުވީ ކަމަށް އަކްޝޭ ކިޔައިދިނެވެ. އަކްޝޭ ބުނީ "މޮޑެލިން އެސައިންމަންޓް" އަށް އޭނާއަށް ދެވުނު ނަމަ އެ ވާނީ ބޮޑު އުނދަގުލަކަށް ކަމަށެވެ. އެހެން ނޫން ނަމަ އޭނާ ވާނީ މިހާރު "ރިޓަޔާޑް މޮޑެލަކަށް" ކަމަށް އަކްޝޭ ހެމުން ހެމުން ބުންޏެވެ. "ކޮންމެ ކަމެއް ވެސް ވާނީ ރަނގަޅަކަށް ކަމަށް ބުނާ ބުނުން" އޭނާ އަށް މިހާރު ގަބޫލުކުރެވޭ ކަމަށްވެސް  އަކްޝޭ ބުންޏެވެ.

އެންމެ ފުރަތަމަ އަކްޝޭ ކުޅެފައިވަނީ "ސޯގަންދު" އެވެ. އެއީ 1991 ވަނަ އަހަރުގައެވެ. އަކްޝޭގެ ދެވަނަ ފިލްމަކީ "ޑާންސާ"(1992) އެވެ. ތިން ވަނަ ފިލްމަކީ "ކިލާޅީ"(1992)އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
0%
0%
0%
0%
0%
100%
ކޮމެންޓް