ކ. މާލެ
|
29 ނޮވެންބަރ 2017 | ބުދަ 07:36
ސައުދީ ޕްރިންސް މިތެބު ބިން އަބްދުﷲ
ސައުދީ ޕްރިންސް މިތެބު ބިން އަބްދުﷲ
ފޮކްސް ނިއުސް
ސައުދީ ޝާޙީ އާއިލާ
ސައުދީ ޕްރިންސް މިތެބް ބިން އަބްދުﷲ ބަންދުން ދޫކޮށްލައިފި
ސައުދީ ޝާހީ އާއިލާއަށް ނިސްބަތްވާ ގިނަ ބަޔަކު ވަނީ ހައްޔަރުކޮށްފަ
ހައްޔަރު ކުރުމާއި ހަމަޔަށް މިތެބް ހުންނެވީ ސައުދީ ނޭޝަނަލް ގާޑްގެ އިސްވެރިޔާގެ މަގާމުގައި

ކޮރަޕްޝަންގެ ތުހުމަތުގައި ސައުދީ އަރަބިއްޔާގެ ސަރުކާރުން ހައްޔަރުކުރި ޕްރިންސް މިތެބް ބިން އަބްދުﷲ ދޫކޮށްލާފައިވާ ކަމަށް ސައުދީ ޝާހީ އާއިލާއިން ބުނެފި އެވެ.

ނޭޝަނަލް ގާޑުގެ އިސްވެރިޔާގެ މަގާމުގައި ހުންނެވި މިތެބް އަކީ ކޮރަޕްޝަންގެ ތުހުމަތުގައި ނޮވެމްބަރު މަހުގެ 4 ވަނަ ދުވަހު ހައްޔަރު ކުރި ސައުދީ ޝާހީ އަމީރުންގެ ތެރެއިން އެއް ފަރާތެވެ. އޭނާ ހައްޔަރު ކުރުމުގެ ކުރިން ވަނީ ނޭޝަނަލް ގާޑުގެ އިސްވެރިޔާގެ މަގާމުން ދުރުކޮށްފައެވެ.

ސައުދީ ރަސްގެފާނު ސަލްމާން ބިން އަބްދުލްއަޒީޒްގެ ޝާހީ ގަރާރަކުން އެކުލަވާލި އެންޓި ކޮރަޕްޝަން ކޮމިޓީގެ އަމުރަށް ސައުދީ ޝާހީ އާއިލާގެ 11 އަމީރަކާއި، ހަތަރު ވަޒީރަކާއި ކުރީގެ ވަޒީރުންގެ އިތުރުން ގިނަ އަދަދެއްގެ ބޮޑެތި ވިޔަފާރިވެރިންތަކެއް ހައްޔަރުކޮށްފައިވެއެވެ.

ވަލީއަހުދު މުޙައްމަދު ބިން ސަލްމާން ރިޔާސަތު ބަލަހައްޓަވާ މިކޮމިޓީގެ އަމުރަށް ހައްޔަރުކުރި ޝާހީ އާއިލާގެ އިސް ފަރާތްތަކުގެ ތެރޭގައި ފަރާތްތަކުގެ ތެރޭގައި ޕްރިންސް މިތެބް ބިން އަބްދުﷲގެ އިތުރުން ޕްރިންސް ވަލީދު ބިން ތަލާލް ހިމެނެއެވެ.

ޕްރިންސްގެ މިތެބް ބިން އަބްދުﷲގެ އަނބިކަނބަލުން އަމީރާ ޖަވާހިރު ބިންތި އަބްދުﷲ ގެ އެކްސްޓަރނަލް ރިލޭޝަންސް ޑިރެކްޓަރ މުޢައިދު މަޖުހޫބް ވަނީ، މިތެބް ބަންދުން ދޫކޮށްލާފައިވާކަން ކަށަވަރުކޮށްދީފައެވެ. ޓްވިޓަރގައި މުޢައިދު ވަނީ، ޕްރިންސް މިތެބް މިވަގުތު ހުންނެވީ ވެރިރަށް ރިޔާދުގައި ހުންނަ ގެކޮޅުގައިކަން ހާމަކޮށްފައެވެ.

މީގެ އިތުރުން ޝާހީ އާއިލާއަށް ނިސްބަތްވާ އަމީރާއެއް ކަމުގައިވާ ނައޫފް ބިންތި އަބްދުﷲ ބިންތި މުހައްމަދު ބިން ސައުދު ވަނީ ޕްރިންސް މިތެބްގެ ފޮޓޯއަކާއި އެކު މުޅި އާއިލާއަށް ރައްކާތެރިކަން ދެއްވުމަށް އެދި ޓްވީޓެއް ކުރައްވާފައެވެ.

މިތެބް ދޫކޮށްލިކަން ސައުދީ ސަރުކާރުގެ ރަސްމީ އިދާރާއަކުން ހާމަކޮށްފައެއްނުވެއެވެ. ބައެއް ރިޕޯޓްތައް ބުނާ ގޮތުން ހައްޔަރުކޮށްފައިވާ ޝާހީ އާއިލާގެ ފަރާތްތައް ދޫކޮށްލުމަށް އެއްބަސްވަނީ އެފަރާތްތަކުގެ މުދަލާއި، އެފަރާތްތަކުގެ މިލްކިއްޔާތުގައި ހުރި ގިނަ އަދަދެއްގެ ފައިސާ ސަރުކާރާއި ހަވާލުކުރާ ގޮތަށެވެ

Advertisement

އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން
ރިވިއު ކުރީ: މުޙައްމަދު ޒާހިރު
- ކޮމެންޓް