ކ. މާލެ
|
28 ނޮވެންބަރ 2017 | އަންގާރަ 17:40
އިގްނެޓިއަސް ޗޮމްބޯ (މެދުގައި)
އިގްނެޓިއަސް ޗޮމްބޯ (މެދުގައި)
ރޮއިޓަރސް
ޒިމްބާބުވޭ
ޒިމްބާބުވޭގެ ކުރީގެ ފައިނޭންސް މިނިސްޓަރު ޗޮމްބޯ ކަފާލާތުގެ ދަށުން ދޫނުކޮށްލެވޭނެ: ކޯޓު
ޗޮމްބޯ އަކީ ރޮބާޓް މުގާބޭގެ ވެރިކަމުގެ ފަހު ދުވަސްކޮޅުގައި ފައިނޭންސް މިނިސްޓަރު

ޒިމްބާބުވޭގެ ކުރީގެ ފައިނޭންސް މިނިސްޓަރު އިގްނެޓިއަސް ޗޮމްބޯ ކަފާލާތުގެ ދަށުން ދޫކޮށްނުލެވޭނެ ކަމަށް ހޯމަ ދުވަހު ކޯޓުން ނިންމައިފިއެވެ.

ޗޯމްބޯ ހައްޔަރުކޮށްފައި ވަނީ މިދިޔަ ހުކުރު ދުވަހުއެވެ. އަދި ހައްޔަރު ކުރުމާއެކު އޭނާގެ މައްޗަށް ވަނީ ދައުވާ އުފުލާފައެވެ.

ޒިމްބާބުވޭގެ މެޖިސްޓްރޭޓް ކޯޓުން ހޯމަ ދުވަހު ބުނެފައި ވަނީ އިގްނެޓިއަސް ޗޮމްބޯ ބަންދުން ދޫކޮށްނުލެވޭނެ ކަމަށާއި އޭނާ ބަންދުގައި ބަހައްޓާފައި ވަނީ "އޭނާގެ ރައްކާތެރިކަން ކަށަވަރު ކުރުމުގެ ގޮތުންނާއި" އަދި އޭނާ ދައުލަތުގެ ހެކީންނަށް ނުފޫޒު ފޯރުވިޔަ ނުދިނުމަށްޓަކައި ކަމަށެވެ. ހޯމަ ދުވަހު ކޯޓުން ނިންމި ނިންމުމާ ގުޅޭގޮތުން ޗޮމްބޯގެ ލޯޔަރު އަލްޖަޒީރާ އަށް ވިދާޅުވެފައި ވަނީ "ކޯޓުގެ ނިންމުމާ ބެހޭގޮތުން ވަރަށް ހިތާމަ ކުރައްވާ" ކަމަށެވެ.

ޗޮމްބޯ ގެ މައްޗަށް ކޮށްފައިވަނީ ކޮރަޕްޝަނުގެ ދައުވާ އާއި މަގާމު ނުފޫޒު ނާޖައިޒު ގޮތުގައި ބޭނުން ކުރި ކަމުގެ ދައުވާ އެވެ.

ރިޕޯޓުތައް ބުނާގޮތުން ޗޮމްބޯގެ މައްޗަށް ކުރެވިފައިވާ ކޮރަޕްޝަނުގެ ތުހުމަތުތަކަކީ  މީގެ އެތަކެއް އަހަރުތަކުގެ ކުރީގައި އޭނާގެ މައްޗަށް ކުރެވިފައިވާ ތުހުމަތުތަކަށް ބެލުމަށްފަހު ކުރެވިފައިވާ ދައުވާތަކެކެވެ.

ޒިމްބާބުވޭގެ ކުރީގެ ނައިބު ރައީސް އެމަސަން ނަންގަގްވާ، މިދިޔަ ހުކުރު ދުވަހު ވަނީ ރައީސް ކަމުގެ ހުވާ ކުރައްވާފައެވެ.

ޒިމްބާބްވޭގެ ރައީސްކަމުން ރޮބާޓް މުގާބޭ ހަފްތާއެއްހާ ދުވަސް ކުރިން އިސްތިއުފާ ދެއްވާފައިވާއިރު، މުގާބޭ އިސްތިއުފާ ދެއްވާފައި ވަނީ މުގާބޭ ވަކި ކުރުމުގެ މަސައްކަތް އެގައުމުގެ ގާނޫނު ހަދާ މަޖިލީހުން ފެށި ފަހުންނެވެ. އަދި މުގާބޭ އިސްތިއުފާ ދެއްވިއިރު އެގައުމުގެ ކޮންޓްރޯލް ވަނީ އަސްކަރިއްޔާގެ އަތްދަށަށް ވެސް ގެންގޮސްފައެވެ.

Advertisement

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ރާއްޖެއެމްވީ ލޯކަލް
- ކޮމެންޓް