ކ. މާލެ
|
28 ނޮވެންބަރ 2017 | އަންގާރަ 11:52
ޕެޑްމޭންގެ އާ ޕޯސްޓަރ
ޕެޑްމޭންގެ އާ ޕޯސްޓަރ
ގެޓީ އިމޭޖަސް
ޕެޑްމޭން
ޕެޑްމޭން ގެ ޕޯސްޓަރެއް ދައްކާލައިފި
 
ޕެޑްމޭން އަޅުވާނީ އިންޑިއާގެ ޖުމްހޫރީ ދުވަހުގައި

އަކްޝޭގެ ކޮމެޑީ ޑްރާމާ ފިލްމު "ޕެޑްމޭން" ގެ ޕޯސްޓަރެއް ދައްކާލައިފިއެވެ.

މި ފިލްމުގެ ފުރަތަމަ ޕޯސްޓަރ ދައްކާލާފައިވަނީ މިމަހުގެ ފުރަތަމަ ދުވަހުގައެވެ.

ޕެޑްމޭންގެ ދެވަނަ ޕޯސްޓަރުން ފެނިގެންދަނީ އަކްޝޭ ކުމާރު އެކަންޏެވެ. އަކްޝޭ "ޕެޑްމޭން" ގެ އާ ޕޯސްޓަރ ދައްކާފައިވަނީ އޭނާގެ ރަސްމީ ޓްވިޓަރ އެކައުންޓް މެދުވެރިކޮށެވެ.

މި ފިލްމު އެޅުވުމަށް ހަމަޖެހިފައިވަނީ އަންނަ އަހަރު އިންޑިއާގެ ޖުމްހޫރީ ދުވަހުގައެވެ

މި ފިލްމުގެ ލީޑް ރޯލުން ފެނިގެންދަނީ އަކްޝޭގެ އިތުރުން ސޯނަމް ކަޕޫރު އަދި ރާދިކާ އެވެ. އަދި މީގެ އިތުރުން އަމީތާބް ބައްޗަން ފިލްމުގެ ޚާއްސަ ރޯލަކުން ފެނިގެންދާނެއެވެ. މި ފިލްމަކީ ގޯރީ ޝިންޑޭ އާއިއެކު ޓްވިންކަލް ކައްނާ ޕްރޮޑަކްޝަން އިން އުފައްދާ ފިލްމެކެވެ.

ފިލްމުގެ ޝޫޓިން ފަށާފައިވަނީ މިއަހަރުގެ މާޗް މަހުގައެވެ. ޝޫޓް ކޮށްފައިވަނީ އިންޑިއާގެ ދިއްލީގައެވެ. އަކްޝޭގެ މީގެ ކުރީގެ ފިލްމަކީ "ޓޮއިލެޓް: އޭކް ޕްރޭމް ކަތާ"އެވެ. އެފިލްމަށް ވަނީ ބެލުންތެރިންގެ ބޮޑު ތަރުހީބެއް ލިބިފައެވެ.

އިންޑިއާގައި އާންމު ތަންތަނުގައި ކުޑަކަމުދިއުމާއި ބޮޑުކަމުދިއުމާއި ޚިލާފަށް "ޓޮއިލެޓް: އޭކް ޕްރޭމް ކަތާ" ކުޅުމަށްފަހު އަކްޝޭ ކުމާރް ދަނީ މިހާރު އޭނާގެ ކުރިއަށް އޮތް ފިލްމް "ޕެޑްމޭން" ނެރުމުގެ އެންމެ ފަހުގެ ތައްޔާރީތައް ވަމުންނެވެ.

މި ފިލްމް ބިނާކޮށްފައި ވަނީ ހެޔޮ އަގުގައި އަންހެން ވެރިންނަށް ޕެޑް ފޯރުކޮށްދިނުމުގެ މަގްސަދުގައި ޕެޑް ހަދާ މެޝިނެއް އުފެއްދި އަރޫނާޗަލަމް މުރުގަނަންތަމްގެ މައްޗަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ރާއްޖެއެމްވީ ލޯކަލް
0%
0%
0%
0%
0%
0%
ކޮމެންޓް