އަދާލަތު ޕާޓީގެ ކުރީގެ މެމްބަރު، ޑރ.މުހައްމަދު ޝަހީމް އަލީ ސައީދު އަދާލަތު ޕާޓީއަށް ނުސީދާ ބަހުގެ ހަމަލާތަކެއް ދެއްވައިފި އެވެ.
އިސްލާމިކް ޔުނިވާސިޓީގެ ޗާންސެލަރު ޑރ.ޝަހީމް ކުރެއްވި ޓޫވީޓެއްގައި ވިދާޅުވީ " އެގޭގެ ބައެއް އަހުލުވެރިން ކުޑަ ކުއްޖާ އެއްލައިލީމަ އޭނާ ގޮސް އެހެން ތަނަކުން ހިޔާވަހިކަން ހޯދުމަކީ އެ ކުއްޖާގެ ކުށެއް ނޫން" ކަމަށެވެ. . ބެލެވޭ ގޮތުގައި ޝަހީމް އާދިއްތަ ދުވަހު ކުރެއްވި ޓުވީޓެއްގައި އިޝާރާތް ކުރައްވާފައި ވަނީ އޭނާ އަދާލަތު ޕާޓީން ވަކިވެވަޑައިގެންނެވި ވަކިވެވަޑައިގަތުމަށެވެ. އަދި އަދާލަތުޕާޓީން އޭނާ ވަކިކޮށްލީ ކަމަށް އެޓްވީޓުން ދޭހަވެއެވެ.
Kujjaku eynaage amilla geyga ulhenikoh e geyge bayeh ahuluverin, egein eynaa nere, ekaherikoh, nikamethikoh, ellaaleemaa, dhen eynaa gos ehenthaakun hiyaavahikameh hoadhunaki eynaa ge kusheh nooneve. والله غالب على أمره
— محمد شهيم علي سعيد (@Mohamedshaheem1) November 26, 2017
މި ޓޫވީޓާ ގުޅިގެން އަދާލަތު ޕާޓީގެ ނައިބު ރައީސް އަލީ ޒާހިރު ވެސް ވަނީ ޝަހީމަށް ރައްދު ދެއްވައިފަ އެވެ. އަލީ ޒާހިރު ކުރެއްވި ޓުވީޓުގައި އަދިވެސް އަދާލަތު ޕާޓީން ޝަހީމަށް ފުރުސަތު އެބަ އޮތް ކަމަށް ވިދާޅުވެފައިވެއެވެ. އަދި ޝަހީމް ޕާޓީން ނެރެ އެއްލާލީ ނޫން ކަމަށާއި ޕާޓީން ވަކިވެގެން ދިޔައީ ކަމަށް އެ ޓޫވީޓުން ދޭހަވެ އެވެ.
އަލީ ޒާހިރު ވިދާޅުވީ ކުއްޖަކު އަމިއްލަ ގެ ދޫކޮށްފައި އަމިއްލަ އިހްތިޔާރުގައި ދިއުމާއި ގެއިން ގަދަކަމުން ނެރެލުމާ ވަރަށް ތަފާތު ކަމަށާއި ގޭގެ ދޮރު އަބަދުވެސް ހުޅުވިފައިވާ ކަމަށެވެ.
Kujjaku amilla ge dhookohffa amilla ikhthiyaaruga dhiuma gein gadhakamun nereluma varah thafaathu, geyge dhoru abadhuves hulhuvaafa hunnani. الآن حصحص الحق
— Ali Zahir (alipi) (@alixahir) November 27, 2017
މި ސަރުކާރުގައި އިސްލާމިކް މިނިސްޓަރުކަން ވެސް ކުރެއްވި ޑރ.ޝަހީމް އަދާލަތު ޕާޓީން ވަކިވެ ވަޑައިގެންނެވި ފަހުން އޭނާގެ އަނބިކަނބަލުން ވަނީ ސަރުކާރު ހިންގާ މައިޕާޓީ ޕީޕީއެމްއާ ގުޅިވަޑައިގެންފަ އެވެ. އަދި ފަހަކަށް އައިސް ޕީޕީއެމް އިން ބޭއްވި ޖަލްސާތަކުގައި ވެސް ޝަހީމް ދަނީ ބައިވެރިވެވަޑައިގަންނަވަމުންނެވެ. އަދި ނުސީދާ ގޮތުން އަދާލަތު ޕާޓީއަށް ނިސްބަތްކުރައްވާ ބަހުގެ ހަމަލާދެއްވާފައި މި ވަނީ އެކަމާގުޅޭ ގޮތުން ގިނަ ބައެއްގެ ފާޑުކިޔުންތައް އަމާޒުވެފައިވަނިކޮށެވެ.