ހުކުރު މިސްކިތް ސަރަހައްދު ތަރައްގީކޮށް ކެފޭއެއް އަޅާނެ ފަރާތެއް ހޯދުމަށް އިއުލާނު ކުރުމުން ސޯޝަލް މީޑިޔާގައި ގިނަ ބަޔަކު ހިންހަމަނުޖެހުން ފާޅުކޮށްފި އެވެ.
ގިނަ އަދަދެއްގެ ބަޔަކު ސޯޝަލް މީޑިޔާގައި ކަންބޮޑުވުންތައް ފާޅު ކުރަމުންދާ އިރު، ރާއްޖޭގެ ތާރީހާއި ތަރިކަ ހިމާޔަތް ކުރުމަށް އެފަދަ ފަރާތްތަކުން ދަނީ ސަރުކާރަށް ގޮވާލަމުންނެވެ.
ބައެއް ފަރާތްތަކުން 'ސޭވް ހުކުރު މިސްކިތް" ޓެގް ކުރުމަށް ފަހު، އެފަރާތްތަކުގެ ޝުއޫރުތައް ފާޅު ކުރަމުންދާއިރު އިދިކޮޅު ސިޔާސީ ޕާޓީތަކަށް ނިސްބަތްވާ ބައެއް މެންބަރުން ވެސް ދަނީ ހިންހަމަނުޖެހުން ފާޅު ކުރަމުންނެވެ.
އެގޮތުން ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު އުތުރު ދާއިރާގެ މެންބަރު އަބްދުﷲ ޝާހިދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ، ހުކުރު މިސްކިތާއި އެ މިިސްކިތުގެ ވަށައިގެން ބާކީ މިހާރު އޮތް ސަރަހައްދަކީ މާލޭގައި ސުންނާފަތި ކޮއްނުލާ އޮތް އާސާރީ ހަމައެކަނި ސަރަހައްދު ކަމަށެވެ. ހެންވޭރު އުތުރު ދާއިރާގެ ރައްޔިތުން އެތަން ނެތި ކޮށްލުމާ ދެކޮޅު ކަމަށާއި އެކަން ހުއްޓާލުމަށް އެދޭ ކަމަށް ޝާހިދު ވިދާޅުވި އެވެ.
Hukuru Miskithaai e miskithuge vashaigen baakee mihaaru oiy sarahadhdhakee Male gai mulhin sunnaafathi kohnulaa oiy asaaree hama ekani sarahadhdhu. Mithan nethikollumaa Henveiru Uthuru raiyyithun dhekolhu. Alhuganduves dhekolhu! Huttaalaa! pic.twitter.com/sUyC4pL0pI
— Abdulla Shahid (@abdulla_shahid) November 26, 2017
މީގެ އިތުރަށް މަޝްހޫރު ގާނޫނީ ވަކީލު ހުސްނުއް ސުއޫދު ވިދާޅުވީ، މާލޭ ހުކުރު މިސްކިތް ކައިރީގައި ހުރި މަހާނަތައް ކަމުގައިވާ ކުރީގެ ރައީސް އިބްރާހިމް ނާސިރުގެ މަގްބަރާ އާއި ހުކުރު މިސްކިތް ޑިޒައިން ކުރި އިންޖިނިއަރުންގެ މަހާނަ ގާތައް ތަޅާލައިގެން ނެގުމާއި ދެކޮޅު ކަމަށެވެ.
Qaumeh dheke loabivumakee kobaitho? Thareekhee asaaree tharika thah thalhaa sunnaafathi kurunthoa @MMuizzu
— Husnu Al Suood (@hsuood) November 26, 2017
ހައުސިންގ މިނިސްޓަރު ޑރ މުހައްމަދު މުއިއްޒު ޓެގް ކުރައްވާ ސުއޫދު ވިދާޅުވީ، ގައުމެއް ދެކެ ލޯބިވުމަކީ ތާރީހީ އަދި އާސާރީ ތަރިކަތައް ތަޅާ ސުންނާފަތި ކުރުންތޯ ސުވާލު ކުރައްވާފަ އެވެ.
Maale Hukuru miskiiy kaareega huri mahaana thah, (Raees Nasir ge maqbaraa aai huhukuru miskiiy design kuri engineerunge mahaana himeney gothun) thalhaalaigen negumah sarukaarun nimmaafaivaa ninmumaa aharen dhekolhu. E ee dhivehi tharika.
— Husnu Al Suood (@hsuood) November 26, 2017
ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު މެދު ދާއިރާގެ މެންބަރު އަލީ އާޒިމް ވިދާޅުވީ، މާލޭގެ އެކި ތަންތަން ހަލާކުކޮށް ސުންނާފަތި ކުރަމުން ދަނީ މާލޭގެ ރައްޔިތުންނަށް ޖެއްސުންކުރުމަށްތޯ ހައުސިންގ މިނިސްޓަރު މުއިއްޒުއާއި ސުވާލު ކުރައްވައިފަ އެވެ. ހުކުރު މިސްކިތު ގޯތިތެރެއިން ބައެއް އުނިކޮށްލުމާއި ދެކޮޅު ކަމަށް އޭނާ ވިދާޅުވި އެވެ.
Malege ehki ehki thanthan halaakukoh, sunnaafathi kuramun @MMuizzu thiya gendhavanee Male'ge rahyyithunah jehsumahtho? Hukuru Miskithu gothitherein baeh unikohlumaa alhugaduves dhekolhu!! #HukuruMiskiy #SaveMaldivianHeritage pic.twitter.com/tNTYCExBfy
— Ali Azim (@aliaazim) November 27, 2017
ރައްޔިތުންގެ މަޖިލީހުގެ މަނަދޫ ދާއިރާގެ މެންބަރުކަން ކުރައްވާފައިވާ އަދި ދިވެހި ބަހާ ތާރީހަށް ހިދުމަތް ކުރާ ގައުމީ މަރުކަޒުގައި މަސައްކަތް ވެސް ކުރައްވާފައިވާ މުހައްމަދު ތޯރިގު ވިދާޅުވީ، ހުކުރު މިސްކިތް ސަރަހައްދުގައި އިތުރު އާ ބިލްޑިންގއެއް އެޅުމަކީ، ހުކުރު މިސްކިތް ޔުނެސްކޯގެ ދުނިޔޭގެ ތަރިކައިގެ ދާއިމީ ލިސްޓަށް އެރުމަށް އެޅޭނެ ވަރަށް ބޮޑު ހުރަހަކަށް ވާނެ ކަމަށެވެ.
The close proximity to the buildings around it has been hindering the efforts to qualify Hukuru Miskiyy to UNESCO’s world heritage list. Any new construction inside its boundary will totally fail in achieving permanent list. @UNESCO @HeritageDept pic.twitter.com/ZgLGR9eXJ5
— Mohamed Thoriq (@ManadhooThoriq) November 26, 2017
ހުކުރު މިސްކިތް ސަރަހައްދު ތަރައްގީ ކުރުމަށް ސަރުކާރުން އިއުލާނުކޮށްފައިވާ އިރު އެ ސަރަހައްދު ތަރައްގީ ކުރުމަށް ހަމަޖެހިފައިވަނީ އާސާރީ އެއްވެސް އެއްޗަކަށް ގެއްލުން ނުލިބޭ ގޮތަށް ކަމަށް ހައުސިންގ މިނިސްޓްރީން ވަނީ ބުނެފަ އެވެ.
ޔުނެސްކޯގެ ދުނިޔޭގެ ތަރިކައިގެ ވަގުތީ ލިސްޓުގައި ހިމެނޭ ހުކުރު މިސްކިތަކީ މާލޭގައި ހުރި އެންމެ ގިނަ ދުވަސްވީ މިސްކިތެވެ. ހިރިގަލުން ހަދާފައިވާ މި މިސްކިތް ދުނިޔޭގެ ތަރިކައިގެ ލިސްޓު ނުވަތަ ވޯލްޑް ހެރިޓޭޖު ލިސްޓަށް އެރުވުމަށްޓަކައި ގިނަ މަސައްކަތްތަކެއްވެސް މިފާއިތުވެދިޔަ އަހަރުތަކުގައި ކުރެވިފައިވެ އެވެ.
މި މިސްކިތް ބިނާކޮށްފައި ވަނީ 1658 ވަނަ އަހަރުގައި އިސްކަންދަރު ރަސްގެފާނުގެ ރަސްކަމުގައެވެ. މި މިސްކިތަށް މުހައްމަދު ޝަމްސުއްދީންގެ ރަސްކަމުގެ ދުވަސްވަރުގައި ވެސް ބަދަލުތަކެއް ގެނެވިފައިވެ އެވެ. އެގޮތުން ފުރާޅާއި ވަންނަ ދޮރާއްޓަށް ވަނީ އޭރު ބަދަލުތަކެއް ގެނެސްފަ އެވެ.