ރެއާލް މެޑްރިޑްގެ ފުޓްބޯޅަ ކުޅުންތެރިޔާ ގެރެތު ބޭލްގެ ކައިވެނި ޕާޓީގައި ލަވަ ކިޔުމަށް މަޝްހޫރު ލަވަކިޔުންތެރިޔާ ބިޔޯންސޭ ހަމަޖެހިފައިވާ ކަމަށް ޚަބަރުތައް ބުނެފިއެވެ.
ޚަބަރުތައް ބުނާގޮތުގައި ބެލްގެ ކައިވެނީގެ ހަފްލާގައި ލަވަކިޔައިދިނުމަށް ބިޔޯންސޭ ހުށައެޅީ 1.5 މިލިއަން ޕައުންޑްއަށެވެ. މިއަގަށް ބޭލް އާއި އޭނާގެ ލޯބިވެރިޔާ އެއްބަސް ވެފައިވާކަމަށް ވަނީ ޚަބަރު ފެތުރިފައެވެ.
ބޭލް ކައިވެނި ކުރަނީ އޭނާގެ ލޯބިވެރިޔާ އެމާ ޖޯންސްއާއެވެ.
ބޭލް ބޭނުންވަނީ އޭނާގެ ކައިވެނި ހަފްލާ ވަރަށް ކުލަގަދަކޮށް ފާހަގަ ކުރަން ކަމަށާއި ބިޔޯންސޭއަކީ އެމާއާއި ބޭލްގެ އެންމެ ފޭވަރިޓް ލަވަކިޔުންތެރިޔާއަށް ވުމުން އޭނާ ބޭނުންވާ އަގަކަށް ޕާޓީގައި ލަވަކިޔުމަށް ހަމަޖެއްސީކަމަށް ސްޕެއިންގެ ޚަބަރުތަކުގައި ވަނީ ބުނެފައެވެ.
ބޭލްއާއި އެމީ ދިރިއުޅެނީ ސްޕެއިންގެ މެޑްރިޑްގައެވެ. އެދެމީހުންނަށް ވަނީ ކައިވެނި ނުކޮށް ދެ އަންހެން ކުދިން ލިބިފައެވެ.
ބެލް އާއި އެމީގެ ކައިވެނީގެ ހަފްލާ ބޭއްވުމަށް ތައްޔާރުވަމުން ދަނީ އިޓަލީގެ ވޭލްސްގެވެ. އެދެމީހުން ކައިވެނި ކުރުމަށް ތައްޔާރުވަމުން އަންނަނީ އަންނަ އަހަރުގެ މާޗްމަހުގެ ތެރޭގައި ކަމަށް ވަނީ އަޑުތައް ފެތުރިފައެވެ.
ރެއާލްގައި ބޭލް މުހިންމު ދައުރެއް އަދާކުރަމުން އަންނައިރު އޭނާ ވަނީ އެ ޓީމާއެކު 10 ތަށި ކާމިޔާބު ކޮށްފައެވެ. އަދި ރެއާލްއަށް ކުޅުނު 103 މެޗުގައި އޭނާވަނީ 55 ލަނޑު ޖަހާފައެވެ.