ތާރީޚާއި ސަގާފަތް ރަމްޒުކޮށްދޭ ތަންތަނުގެ ހިމާޔަތުގައި އިހުތިޖާޖަކަށް ނުކުތުމަށް ކެންދޫ ދާއިރާގެ މެންބަރު އަލީ ހުސެއިން ގޮވާލައްވައިފިއެވެ.
އަލީ ހުސެއިން ހޯމަ ދުވަހު ކުރެއްވި
ޓްވީޓެއްގައި ވިދާޅުވީ، ހުކުރު މިސްކިތާއި، އަލިރަސްގެފާނުގެ ޒިޔާރަތާއި، ބިހުރޯޒު ކަމަނާ މިސްކިތަކީ ދިވެހި ސަގާފަތާ ތާރީޚް ކަމަށެވެ. އެ ތަންތަނުގެ ހިމާޔަތުގައި އިހުތިޖާޖަށް ނުކުންނަންޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ.
Hukuru miskie, Ali Rasgefaanu ziyaaraie, Bihurozu kmanaa miskie, kalhu vakaru miskie, sagaafathaai thaareekhu. Hama ekani social mediagai mi vaahakathah dhakkan thibegen vaakah nei. Let's protest and protect. If we are not willing to protest then we are not willing to protect.
— Ali Hussain (@AleeVoice) November 26, 2017
އަލީ ހުސެއިން އިތުރަށް ވިދާޅުވީ، އެތަންތަނުގެ ދިފާއުގައި އަޑު ނުއުފުލުލައި ތިބުމަކީ އެކަމަށް ރުހިގެން ތިބުންފަދަކަމެއްކަމަަށެވެ.
އަލީ ހުސެއިން ކުރައްވާފައިވާ އެހެން ޓްވީޓެއްގައި ވިދާޅުވި، ތަރައްގީގެ ނަމުގައި ގައުމިއްޔަތާއި، ގައުމުގެ މުއްސަނދިކަން ސަރުކާރުން ލޫޓުވާލައިފިކަމަށެވެ.
Tharaggeege naumugai gaumiyyathaai, qaumuge mussandhikan lootuvaalanee. Thimaaveshi halaaku kollanee. Thaareekhaai sagaafathuge ramzuthah bimaa hamakollanee. https://t.co/VWCr7TLhOa
— Ali Hussain (@AleeVoice) November 26, 2017
އަލީ ހުސެއިން މި ގޮތަށް ޓްވީޓް ކުރައްވާފައި މިވަނީ، ދިވެހި ތާރީޚާއި ސަގާފަތުގެ ތެރޭގައި ހިމެނޭ މިސްކިތްތަކާއި ބައެއް ބިނާތައް ސަރުކާރުން ނަގަމުންދާ ދަނޑިވަޅެއްގައެވެ. އެގޮތުން ބިހުރޯޒު ކަމަނާ މިސްކިތާއި، މަސްޖިދުލް ސުލްޠާނުލް ޢާދިލް ތަޅާލައި އެތަންތަނުގައި 12 ބުރީގެ މަލްޓިޕާރޕަސް ދެ އިމާރާތް ސަރުކާރުން އެޅުމަށް ވަނީ ނިންމާފައެވެ. ހުކުރު މިސްކިތް ހިމެނޭ ސަރަހައްދަށް ބަދަލުތަކެއް ގެނެސް، އެ ސަރަހައްދުގައި ކެފޭއެއް ހެދުމަށް ސަރުކާރުން ނިންމައި އެ ސަރަހައްދު ލޭންޑްސްކޭޕްކޮށް ބަލަހައްޓައިދޭނެ ފަރާތެއް ހޯދުމަށް މިހާރު ވަނީ އިއުލާންކޮށްފައެވެ. އަދި ހިރިގަލުން ހަދާފައި ހުރި ކަޅުވަކަރު މިސްކިތް ނަގައި، އެތަނުގައި އައިސް ރިންކެއް ހެދުމުގެ މަސައްކަތް ވަނީ ފަށައިފަ އެވެ. އެ އައިސް ރިންކް ޑިސެމްބަރު މަހު ހުޅުވާނެ ކަމަށް ސަރުކާރުން ބުނެފައިވެ އެވެ.
ރައީސް ޔާމީންގެ ސަރުކާރު އައި ފަހުން ރާއްޖޭގެ ތާރީޚާއި ސަގާފަތް ރަމްޒުކޮށްދޭ ތަންތަން ތަޅާލައި، އަދި ބައެއް ތަންތަން ނަގަމުންދާތީ ގިނަ ބަޔަކު އަންނަނީ ހިތްހަމަ ނުޖެހުން ފާޅުކުރަމުންނެވެ.