ހުކުރު މިސްކިތް ހުންނަ ސަރަހައްދުގައި ކެފޭއެއް އެޅުމަކީ ދީނީގޮތުންނާއި ތާރީހީގޮތުން ހެޔޮވާނެކަމެއް ނޫންކަމަށް ކުރީގެ ރައީސުލްޖުމްހޫރިއްޔާ މައުމޫން އަބްދުލްޤައްޔޫމް ވިދާޅުވެއްޖެ އެވެ.
ހުކުރު މިސްކިތް ހުންނަ ސަރަހައްދު ތަރައްޤީކޮށް އެ ތަނުގައި ކެފޭއެއް އެޅުމަށް ސަރުކާރުން ނިންމުމާއި ގުޅިގެން އެކަމަށް ފާޑުވިދާޅުވެ ކުރެއްވި ޓުވީޓެއްގައި ރައީސް މައުމޫން ވިދާޅުވީ، ހުކުރު މިސްކިތް ހުންނަ ސަރަހައްދަކީ އަގުހުރި ދީނީ އަދި އާސާރީ ތަރިކަތަކެއް ކަމަށެވެ. އަދި އެފަދަ ތަންތަން ސަލާމަތް ކުރުމަކީ ޤައުމީ ވާޖިބެއް ކަމަށެވެ.
Hukuru miskithuge sarahadhdhugai cafe eh ekhumakee dheenee gothunnai thaareekhee gothun heyovaane kameh noon. 1/2
— Maumoon Abdul Gayoom (@maumoonagayoom) November 26, 2017
Efadha sarahadhdhu thakakee aguhuri dheenee adhi aasaaree tharikaeh. Efadha thanthan salaamaiy kurumakee qawmee waajibeh. 2/2
— Maumoon Abdul Gayoom (@maumoonagayoom) November 26, 2017
ހުކުރު މިސްކިތް ހިމެނޭ ސަރަހައްދު ތަރައްޤީ ކުރުމަށް ނިންމައި ސަރުކާރުން ކޮށްފައިވާ އިއުލާންގައި ބުނެފައިވާގޮތުން މާލޭގެ 114 ނަމްބަރު ކޮށި، ހުކުރު މިސްކިތް ސަރަހައްދު ތަރައްޤީކޮށް ހިންގުމަށް އެގްރިމެންޓް ކުރުމަށް ހަމަޖެހިފައި ވަނީ 20 އަހަރުގެ މުއްދަތަށެވެ. އަދި އެ ސަރަހައްދު ކުއްޔަށް ދޫކުރާއިރު ސަރަހައްދުގައި ކެފޭއެއް ހުންނަން ޖެހޭނެ ކަމަށް އިއުލާންގައި ބުނެފައިވެއެވެ. އަދި އިއުލާންގައި ބުނެފައިވާ ގޮތުން ހުކުރު މިސްކިތް ހިމެނޭ ކޮށި ލޭންޑްސްކޭޕް ކުރަން ޖެހޭނީ ހައުސިން މިނިސްޓްރީންދޭ ކޮންސެޕްޓަކާއި އެއްގޮތަށެވެ.
އިއުލާންގައި އިތުރަށް ބުނެފައިވާގޮތުން ލޭންޑްސްކޭޕިން މަސައްކަތް ކުރިއަށް ގެންދާއިރު ސަރަހައްދުގައި ހިމެނޭ ތާރީޙީ / އާޘާރީ އެއްވެސްބިނާއަކަށް ގެއްލުމެއް ނުލިބޭނެ ގޮތްތައް ބަލަންޖެހެއެވެ.
ހުކުރު މިސްކިތަކީ ރާއްޖޭގައި ހުރި މިސްކިތްތަކުގެ ތެރެއިން އެންމެ ބޮޑު ސަމާލު ކަމެއް ދެވޭ އެންމެ ބޮޑު އާސާރީ މިސްކިތެވެ. ހުކުރު މިސްކިތަކީ، ރޭނުމަށް ބޭނުންކުރާ އުވަ ފަދަ އެއްވެސް އެއްޗެއް ބޭނުން ނުކޮށް، މުޅިން ހިރިގަލުން އިމާރާތްކޮށްފައިވާ ތަނެކެވެ. އިމާރާތުގެ ބޭރާއި އެތެރޭގެ ފާރުތަކުގައި ދިވެހި-އިސްލާމީ ފަންނުވެރިކަން ރަމްޒުކޮށްދޭ ކުރެހުންތައް ކަނޑާނަގާފައިވެ އެވެ.