ކ. މާލެ
|
26 ނޮވެންބަރ 2017 | އާދީއްތަ 22:22
ރައީސްކަމުގެ މަގާމުން މުގާބޭ އިސްތިއުފާ ދެއްވާފައިވަނީ ނޮވެމްބަރު މަހުގެ 21 ވަނަ ދުވަހު
ރައީސްކަމުގެ މަގާމުން މުގާބޭ އިސްތިއުފާ ދެއްވާފައިވަނީ ނޮވެމްބަރު މަހުގެ 21 ވަނަ ދުވަހު
ގޫގުލް
މުގާބޭ ވެރިކަމުން ދުރުކުރުން
މުގާބޭ އިސްތިއުފާ ދެއްވީ 10 މިލިއަން ޑޮލަރަށް
މުގާބޭއަށް މަހު މުސާރައާ ސިއްހީ ފަރުވާގެ ހުރިހާ ޚަރަދެއް ލިބިވަޑައިގަންނަވާނެ
މުގާބޭ އަވަހާރަވެއްޖެ ނަމަ އަނބިކަނބަލުންނަށްވެސް މުގާބޭގެ މުސާރައިގެ ދެބައިކުޅަ އެއްބައި ކޮންމެ މަހަކު ލިބިވަޑައިގަންނަވާނެ

ޒިމްބާބުވޭގެ ރައީސްކަމުގެ މަގާމުން ރޮބަރޓް މުގާބޭ އިސްތިއުފާދެއްވީ ގަނޑުކޮށް 10 މިލިއަން ޑޮލަރު ދިނުމަށް ފަހު މީގެ ކުރިން ވެސް ލިބިވަޑައިގަންނަވާ މުސާރަޔާއި، ސިއްހީ ފަރުވާއާއި، އަމިއްލަފުޅު ޕްރޮޕަޓީތަކަށް ރައްކާތެރިކަން ފޯރުކޮށްދިނުމަށް ވެވުނު އެއްބަސްވުމެއްގެ ދަށުން ކަމަށް ރިޕޯޓްތައް ބުނެފިއެވެ.

 

މި ޚަބަރުތައް އައިސްފައިވަނީ ޒިމްބާބުވޭގެ ރައީސްގެ މަގާމުން ނޮވެމްބަރު މަހުގެ 21 ވަނަ ދުވަހު މުގާބޭ އިސްތިއުފާ ދެއްވުމާއެކު މުގާބޭގެ މައްޗަށް ދައުވާ ނުކުރަން ނިންމާފައިވާ ކަމަށް ބުނުމާ ގުޅިގެންނެވެ.

 

ދި އިންޑިޕެންޑެންޓްގައިވާގޮތުން އަސްކަރިއްޔާގެ ވެރިޔާއާއެކު ކުރިޔަށް ގެންދެވުނު މަޝްވަރާތަކުގައި، މުގާބޭ މަގާމުން ވަކިވެވަޑައިގަތުމަށް ފަހު ގައުމުން ބޭރަށް އަރުވާލެއްވެން ޖެހިވަޑައިނުގެން ހުރިހާ އިނާޔަތްތަކަކާއެކު ގައުމުގައި ހުންނެވޭނެ ގޮތް ހަމަޖެއްސެވުން ވެސް ހިމެނެއެވެ.

 

"ސަރުކާރުން މުގާބޭއަށް ފުރަތަ ގަނޑުކޮށް ދޭނީ 5 މިލިއަން އެމެރިކާ ޑޮލަރު، އޭގެ ފަހުން ބާކީ ބައި ދޭނީ ބަހާލައިގެން" އެ ރިޕޯޓަށް މައުލޫމާތުދިން ފަރާތާ ހަވާލާދީ ބުނެފައިވެއެވެ.

 

"މުގާބޭއަށް ސިއްހީ ފަރުވާ އެއްކޮށް ކަވަރުކުރެވޭނެ އަދި އޭގެ އިތުރުން މަހު މުސާރަ އެކީ ލިބިވަޑައިގަންނަވާނެ"

 

މީގެ އިތުރުން މުގާބޭ އަވަހާރަވެއްޖެނަމަ މުގާބޭގެ އަނބިކަނބަލުންނަށް މުސާރައިގެ ދެބައިކުޅަ އެއްބައި ކޮންމެ މަހަކުވެސް ލިބިވަޑައިގަންނަވާނެއެވެ.

 

މުގާބޭގެ ދިގު 37 އަހަރުގެ ވެރިކަމަށް ފަހު އާ ރައީސްއަކު މަގާމުގެ ހުވާކުރައްވާތަން އެގައުމުގެ ރައްޔިތުންނަށް ފެނިފައިވަނީ މިދިޔަ ހުކުރުދުވަހުއެވެ.

 

ރައީސްކަމަށް ވަޑައިގެންނެވި އުމުރުފުޅުން 75 އަހަރުފުޅުގެ އެމަސަން ނަންގަގްވާ އަކީ މުގާބޭގެ ވެރިކަމުގައި އެންމެ ފަހުން މުގާބޭގެ ނައިބްރައީސްކަން އަދާކުރެއްވި ފަރާތެވެ.

 

Advertisement

އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް