ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) އިން ވިއްކަމުންދާ ޕެޓްރޯލާއި ޑީސަލުގެ އަގު އަނެއްކާ ބޮޑު ކޮށްފި އެވެ. އެ ކުންފުނިން މިދިޔަ މަހުގެ ދެ ވަނަ ދުވަހު ވެސް ތެލުގެ އަގު ބޮޑު ކުރި އެވެ.
އެސްޓިއޯއިން ބުނި ގޮތުގައި އާދިއްތަ ދުވަހުން ފެށިގެން ޑީސަލް ލީޓަރެއް ލިބޭނީ 9.61ރ. އަށެވެ. އެއީ އެންމެ ފަހުން ޑީސަލް ލީޓަރު ވިއްކި އަގަށް ވުރެ 44 ލާރި ބޮޑު އަދަދެކެވެ. އަދި މިހާރު ޕެޓްރޯލް ލީޓަރެއް ލިބޭނީ 9.87 ރ. އަށެވެ. އެހެން ކަމުން 35 ލާރި އެވަނީ ބޮޑުކޮށްފަ އެވެ.
އެސްޓީއޯއިން ބުނީ ޕެޓްރޯލާއި ޑީސަލްގެ އަގު ބޮޑު ކުރީ ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލުމާ ގުޅިގެން ކަމަށެވެ.
މިދިޔަ މަހު ތެލުގެ އަގަށް ގެނައި ބަދަލުގައި ޕެޓްރޯލް ލީޓަރަކުން 57 ލާރި އަދި ޑީސަލް ލީޓަރަކުން 53 ލާރި ވަނީ ބޮޑުކޮށްފަ އެވެ. އަދި އާދިއްތަ ދުވަހާ ހަމައަށް ޑީސަލް ލީޓަރެއް ވިއްކީ 9.17ރ. އަށެވެ. އަދި ޕެޓްރޯލް ލީޓަރެއް ވިއްކީ 9.52ރ. އަށެވެ.