ކ. މާލެ
|
26 ނޮވެންބަރ 2017 | އާދީއްތަ 12:37
މާލިއާ އޮބާމާ
މާލިއާ އޮބާމާ
ގެޓީ އިމޭޖަސް
މާލިއާ އޮބާމާ
މާލިއާ އޮބާމާ ދުންފަތުގެ އިސްތިއުމާލު ކުރައްވާ ކަމަށް ބުނާ ވީޑިއޯއަކާއި ގުޅިގެން އާންމުން ފާޑުކިޔުމުން، ދިފާއުގައި އިވާންކާ ޓްރަމްޕް ތެދުވެއްޖެ
މާލިއާގެ އުމުރުން މިހާރު 19 އަހަރު
ދާދި ފަހުން މާލިއާ ވަނީ ހާވާޑް ޔުނިވަސިޓީގައި ކިޔެވުން ފަށާފައި
މާލިއާ އަކީ އެމެރިކާގެ ކުރީގެ ރައީސް ބަރަކް އޮބާމާއާއި އަނބިކަނބަލުން މިޝޭލްގެ ދޮށީ ދަރިކަނބަލުން

އެމެރިކާގެ ކުރީގެ ރައީސް ބަރަކް އޮބާމާގެ ދަރިކަނބަލުން، 19 އަހަރުގެ މާލިއާ އޮބާމާ ހާވާޑް ޔުނިވަސިޓީގައި ކިޔަވަން ފެށިތާ ދުވަސްކޮޅެއް ފަހުން އާންމުވެފައިވާ ވީޑިއޯއަކާ ގުޅިގެން އެކަމަނާއަށް ވަނީ ގިނަބައެއްގެ ފާޑުކިޔުންތަކެއް އަމާޒުވެފައެވެ.

އާންމުވެފައިވާ ވީޑިއޯއިން ފެންނަނީ މާލިއާ ދުންފަތުގެ އިސްތިއުމާލުކުރާ މަންޒަރެވެ. ވީޑިއޯގައި މީހަކު ވާހަކަދައްކާ އިރު، މާލިއާ އޮބާމާގެ ނަމުން ގޮވާ އަޑުވެސް އިވެއެވެ.

މިކަމާ ގުޅިގެން އެމެރިކާގެ މިހާރުގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ދަރިކަނބަލުން އިވާންކާވަނީ ރައްދު ދެއްވާފައެވެ.

ހުކުރު ދުވަހު ކުރެއްވި ޓްވީޓެއްގައި އިވާންކާ ވިދާޅުވީ، "މާލިއާގެ އުމުރުގެ އެހެން ކުދިންނެކޭ އެއްފަދައިން އޭނާއަށް ވެސް ޒާތީ މިނިވަންކަން ލިބެންޖެހޭ" ކަމަށެވެ. އަދި މާލިއާއަކީ "ޒުވާނެއެއް އަދި އަމިއްލަ ފަރުދެއް"ކަމަށް ފާހަގަ ކުރައްވަމުން އިވާންކާ ވިދާޅުވީ މިފަދަ ކަންކަމީ މާލިއާގެ އަމިއްލަފުޅު ކަންކަން ކަމަށެވެ.

އިވާންކާގެ އިތުރުން، ކުރީގެ ރައީސް ބިލް ކްލިންޓަން އާއި ކުރީގެ ސެކްރެޓަރީ އޮފް ސްޓޭޓް ހިލަރީ ދަރިކަނބަލުން، ޗެލްސީވެސް ވަނީ މާލިއާގެ ދިފާއުގައި ޓްވީޓް ކުރައްވައިފައެވެ.

މާލިއާ އޮބާމާގެ ޒާތީ ދިރިއުޅުމަކީ "ސަމާލުކަން ހޯދަން ބޭނުންކުރާ އެއްޗަކަށް ނުހަދާ، އެއަށް ވުރެ ރަނގަޅުވޭ،" ޗެލްސީ ގޮވާލެއްވިއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް