ކ. މާލެ
|
26 ނޮވެންބަރ 2017 | އާދީއްތަ 10:46
ޔުނިޓީ ކަޕް މުބާރާތުގެ ތެރެއިން
ޔުނިޓީ ކަޕް މުބާރާތުގެ ތެރެއިން
ފޭސްބުކް
ޔުނިޓީ ކަޕް 2017
ޔުނިޓީ ކަޕް 2017: ނޮޅިވަރަންފަރު، އަލިފުށި، ތިނަދޫ އަދި މަޑަވެލި ސެމީއަށް
ނޮޅިވަރަންފަރު ސެމީއަށް ދަތުރުކުރީ ކުއާޓާ ފައިނަލުގައި ހއ.ކެލާ ބަލިކޮށްގެން
އަލިފުށި ސެމީއަށް ދަތުރުކުރީ ހިތަދޫ ފުޓްސަލް ޓީމް ބަލިކޮށްގެން
ތިނަދޫ ސެމީ އަށް ދަތުރުކުރީ ކުއާޓާގައި ޓީމް އިނގުރައިދޫ ބަލިކޮށްގެން

ޔުނިޓީ ކަޕްގެ ސެމީ ފައިނަލުން ނޮޅިވަރަންފަރު، އަލިފުށި، ޓީމް ތިނަދޫ އަދި މަޑަވެލި ރަޓު ޓީމް ދަތުރުކޮށްފިއެވެ.

ނޮޅިވަރަންފަރު ސެމީއަށް ދަތުރުކުރީ ކުއާޓާ ފައިނަލުގައި ހއ.ކެލާއާ ވާދަކޮށްގެންނެވެ. ހޮނިހިރު ދުވަހު ކުޅުނު މި މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރުވެސް ނަތީޖާ ނުނެރެވުމުން ޕެނަލްޓީ ޖަހައިގެން މޮޅުވީ ނޮޅިވަރަންފަރެވެ.

އަލިފުށި ސެމީއަށް ދަތުރުކުރީ ހިތަދޫ ފުޓްސަލް ޓީމާ ވާދަކޮށް 2-3 ގެ ނަތިޖާއިން މެޗު ކާމިޔާބުކޮށްގެންނެވެ. މެޗުގައި އަލިފުށީގެ އިބްރާހިމް ފުރުގާން ދެ ލަނޑު ކާމިޔާބުކޮށްފައިވާއިރު، އަހުމަދު ވިޖުދާން ވަނީ އެއް ލަނޑު ކާމިޔާބުކޮށްފައެވެ. ހިތަދޫ ޓީމުގެ ލަނޑުތައް ކާމިޔާބުކޮށްދިނީ އަހުމަދު ހުސެއިން އަދި ހުޝާމް އިބްރާހިމްއެވެ. މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ އަލިފުށި ޓީމުގެ ފުރުގާންއެވެ.

ތިނަދޫ ސެމީ އަށް ދަތުރުކުރީ ކުއާޓާގައި ޓީމް އިނގުރައިދޫއާ ވާދަކޮށް 1-4 ގެ ތަފާތުބޮޑު ނަތިޖާއަކުން މެޗު ކާމިޔާބުކޮށްގެންނެވެ. މެޗުގައި ތިނަދޫގެ އިބްރާހިމް ޝަނޫން ދެ ލަނޑު ކާމިޔާބުކުރިއިރު، އަހުމަދު އަބްދުލް އަޒީޒްވެސް ވަނީ ދެ ލަނޑު ކާމިޔާބުކޮށްފައެވެ. އިނގުރައިދޫ އިން ކާމިޔާބުކުރި ހަމައެކަނި ލަނޑު ޖަހައިދިނީ އިސްމާއިލް ޝައިހާންއެވެ. މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ތިނަދޫގެ ޝަނޫންއެވެ.

މަޑަވެލި ރަޓު ޓީމު ސެމީއަށް ދަތުރުކުރީ ކުއާޓާގައި ހިންނަވަރާ ވާދަކޮށްގެންނެވެ. މި މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރުވެސް 3-3 ގެ ނަތީޖާއިން ދެޓީމު އެއްވަރުވުމުން، ޖެހި ޕެނަލްޓީ މަޑަވެލި ރަޓު ޓީމުން ވަނީ ކާމިޔާބުކޮށްފައެވެ. މެޗުގައި މަޑަވެލި ޓީމުގެ ނާއިފް ޝަފީގް ދެ ލަނޑު ޖަހާފައިވާއިރު، ނަސީފް ހަސަންވެސް ވަނީ ލަނޑެއް ކާމިޔާބުކޮށްފައެވެ. ހިންނަވަރުގެ މުހައްމަދު މައުރޫފް ދެ ލަނޑު ކާމިޔާބުކުރިއިރު، އަބްދުﷲ ނަފާޒް ވަނީ ލަނޑެއް ކާމިޔާބުކޮށްފައެވެ. މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ މަޑަވެލި ރަޓު ޓީމުގެ ނާއިފްއެވެ.

މުބާރާތުގެ ސެމީގެ މެޗުތައް ކުޅުމަށް ހަމަޖެހިފައިވަނީ އާދީއްތަ ދުވަހުގެ ރެއެވެ. ފުރަތަމަ ސެމީގައި ނޮޅިވަރަންފަރު އަދި އަލިފުށި ބައްދަލުކުރާއިރު، ދެވަނަ މެޗުގައި ބައްދަލުކުރާނީ ޓީމް ތިނަދޫ އަދި މަޑަވެލި ރަޓު ޓީމެވެ.  

އެންމެ ފަހުން އަޕްޑޭޓް ކުރީ: 20 ގަޑިއިރު ކުރި
ރިވިއު ކުރީ: މިއުވާން މުހައްމަދު
- ކޮމެންޓް