ޕްރިމިއާ ލީގުގައި ޗެލްސީ އަދި ލިވަޕޫލް ބައްދަލުކުރި މެޗު އެއްވަރުވެގެން ނިމިއްޖެއެވެ.
ހޮނިހިރު ދުވަހުގެ ރޭ ޗެލްސީ އަދި ލުވަޕޫލް ބައްދަލުކުރި މެޗު ނިމުނީ 1-1 ގެ ނަތިޖާއަކުންނެވެ.
ލިވަޕޫލް ދަނޑުގައި ކުޅުނު މި މެޗު ފެށިގެން ބޯޅަ ކޮންޓްރޯލް ކޮށްގެން ރަނގަޅަށް ކުޅުނީ ޗެލްސީންނެވެ. އެގޮތުން އެޓީމުން ވަނީ ލިވަޕޫލްގެ ހާފަށް ބާރު ބޮޑުކޮށް ގިނަ ހަމަލާތަކެއް އުފައްދާފައެވެ.
A 15th #LFC goal for Mo Salah, but the Reds have to settle for a point.
— Liverpool FC (@LFC) November 25, 2017
Report from Anfield: https://t.co/nM6nV3JEvR pic.twitter.com/lfumjKjDbt
އެހެންނަމަވެސް ފުރަތަމަ ހާފްގެ ވަކި ހިސާބަކުން ލިވަޕޫލް އިން ވަނީ މެޗުގެ ކޮންޓްރޯލްކޮށް ޗެލްސީގެ ގޯލަށް ނުރައްކާކޮށްފައެވެ. އެގޮތުން އެޓީމަށް ވަނީ ލަނޑު ޖަހަން ފުރުސަތުތަކެއްވެސް ލިބި ބޭކާރުވެފައެވެ.
ދެވަނަ ހާފް ފެށިގެން ލިވަޕޫލް އިން އެޓީމުގެ އެޓޭކްތައް ވަރުގަދަކޮށްފައިވާއިރު، ލަނޑު ޖަހަން ގިނަ ފުރުސަތުތަކެއް އެޓީމުން ވަނީ ތަނަވަސްކޮށްފައެވެ. އެގޮތުން 65 ވަނަ މިނެޓުގައި އެޓީމުން ވަނީ މެޗުގެ ލީޑު ނަގާފައެވެ. މި ލަނޑު އޮކްސްލެޑް ޗެމްބަލިންގެ އެހީތެރިކަމާއެކު އެޓީމަށް ކާމިޔާބުކޮށްދިނީ މުހައްމަދު ސަލާހްއެވެ.
GOAL!!! 1-1 #LIVCHE pic.twitter.com/zNxquSAJoq
— Chelsea FC (@ChelseaFC) November 25, 2017
އެހެންނަމަވެސް މެޗު ނިމެން ފަސް މިނެޓަށް ވެފައިވަނިކޮށް ޗެލްސީން ވަނީ ނަތީޖާ ހަމަހަމަކޮށްފައެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ އެޑެން ހަޒާޑްގެ އެހީތެރިކަމާއެކު ދެވަނަ ހާފްގައި ކުޅެން އެރި ވިލިއަންއެވެ.
މި ނަތީޖާއާއެކު ޗެލްސީ އޮތީ ކުޅުނު 13 މެޗުން ލިބުނު 26 ޕޮއިންޓާއެކު ޕޮއިންޓް ތާވަލުގެ ތިންވަނައިގައެވެ. ލިވަޕޫލް އޮތީ ކުޅުނު 13 މެޗުން ލިބުނު 23 ޕޮއިންޓާއެކު ޕޮއިންޓް ތާވަލުގެ ފަސްވަނައިގައެވެ.