ކ. މާލެ
|
26 ނޮވެންބަރ 2017 | އާދީއްތަ 08:11
އައިޝަތު ރިޝްމީ
އައިޝަތު ރިޝްމީ
ފޭސްބުކް
އައިޝަތު ރިޝްމީ
މިފަހަރުގެ ސާކްގެ އެންމެ މޮޅު ބަތަލާއަކީ ރިޝްމީ
ރިޝްމީއަށް މިއެވޯޑް ލިބުނީ އޭނާގެ ފިލްމު"ވިޝްކާ" އިން

ސައުތު އޭޝިއަން އެސޯސިއޭޝަން ފޯ ރީޖަނަލް ކޯޕަރޭޝަން(ސާކް) ގެ އެންމެ މޮޅު ބަތަލާއަކަށް އައިޝަތު ރިޝްމީ ހޮވިއްޖެއެވެ.

ރިޝްމީއަށް އެންމެ މޮޅު ބަތަލާގެ އެވޯޑު ލިބުނީ މިއަހަރުގެ ސާކް ފިލްމު ފެސްޓިވަލްގައި އޭނާގެ ފިލްމު "ވިޝްކާ" އިންނެވެ. މި ފިލްމު ޕްރޮޑިއުސްކޮށްފައި ވަނީ ވެސް ރިޝްމީއެވެ. ރިޝްމީގެ "ވިޝްކާ" ގައި އޭނާގެ އިތުރުން ފެނިގެންދަނީ ރަވީއާ އަހުމަދު ސައީދެވެ.

"ވިޝްކާ" އަކީ ރާއްޖެއިން މި ފަހަރުގެ ސާކް ފެސްޓިވަލްގައި ބައިވެރިކުރިވި ހަމަ އެކަނި ފިލްމުވެސް މެއެވެ.

 ސާކް ފިލްމު ފެސްޓިވަލް ބާއްވާފައިވަނީ ސްރީލަންކާގެ ކޮލަމްބޯގައެވެ. މިމަހުގެ 21 އިން 25 އަށް ކުރިއަށް ގެންދިޔަ މި ފިލްމު ފެސްޓިވަލްގައި ސާކްގެ އެހެން ގައުމުތަކުން ވަނީ 16 ފީޗާ ފިލްމު ހުށަހަޅާފައެވެ.

މީގެ ކުރިންވެސް ވަނީ ދިވެހި ފިލްމީ ދާއިރާގެ ތަރިއަކަށް ސާކް ފިލްމު ފެސްޓިވަލްގައި އެންމެ މޮޅު އެކްޓަރުގެ މަގާމު ލިބިފައެވެ. އެއީ 2014 ވަނަ އަހަރު ފިލްމް "އިނގިލި" އިން އިސްމާއީލް ރަޝީދު (ކޮޕީ އިއްސެ)އަށެވެ.

"ވިޝްކާ" ޕްރިމިއާ ކޮށްފައިވަނީ މިއަހަރުގެ މާޗް މަހުގެ 8 ވަނަ ދުވަހުގައެވެ. މި ފިލްމުގެ ޝޯތަކެއް އޮލިމްޕަހުގައި ދެއްކުމަށް މިހާރު އަންނަނީ  ޓިކެޓް ވިއްކަމުންނެވެ.  

- ކޮމެންޓް