ކ. މާލެ
|
26 ނޮވެންބަރ 2017 | އާދީއްތަ 11:53
ޗޮމްބޯގެ ބަންދަކީ ޣައިރުގާނޫނީ ބަންދެއް ކަމަށް އޭނާގެ ވަކީލުވަނީ ވިދާޅުވެފައި
ޗޮމްބޯގެ ބަންދަކީ ޣައިރުގާނޫނީ ބަންދެއް ކަމަށް އޭނާގެ ވަކީލުވަނީ ވިދާޅުވެފައި
އަލްޖަޒީރާ
މުގާބޭ ސަރުކާރު
ހައްޔަރުކޮށްފައިވާ ޒިމްބާބުވޭގެ ފިނޭންސް މިނިސްޓަރ ކަފާލާތުގެ ދަށުން ދޫކޮށްލަނީ
ކުރީގެ ފިނޭންސް މިނިސްޓަރުގެ އިތުރުން ޒަނޫ-ޕީއެފް ޕާޓީގެ ރައީސްއާއި ނައިބް ރައީސްވެސް ވަނީ ހައްޔަރުކޮށްފައި
ޗޮމްބޯގެ ބަންދަކީ ޣައިރުގާނޫނީ ބަންދެއް ކަމަށް އޭނާގެ ވަކީލުވަނީ ވިދާޅުވެފައި
ޗޮމްބޯ ފުލުހުންގެ ބަންދަށް ގެންގޮސްފައިވަނީ ހުކުރު ދުވަހު

ކޮރަޕްޝަނުގެ ތުހުމަތުގައި ކުރެވޭ ޝަރީއަތަށް ޒިމްބާބުވޭގެ ކުރީގެ ފިނޭންސް މިނިސްޓަރ އިގްނޭޝިއަސް ޗޮމްބޯ ހައްޔަރުކޮށްފިއެވެ.

ޒިމްބާބުވޭގެ މިނިސްޓަރ އޮފް ލޯކަލް ގަވަރމަންޓް، ޕަބްލިކް ވަރކްސް އެންޑް އަރބަން ޑިވެލޮޕްމަންޓް ގެ މަގާމުގައި ހުންނަވައިގެން ހިންގަވާފައިވާ ކަމަށް ތުހުމަތުކުރެވޭ ކޮރަޕްޝަނާއި، މަގާމުގެ ނުފޫޒު ނާޖާއިޒު ގޮތުގައި ބޭނުންކުރެއްވިކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ ޗޮމްބޯ ކަފާލާތުގެ ދަށުން ހޯމަ ދުވަހު ދޫކޮށްލެވެންދެން ހުންނަވާނީ ބަންދުގައެވެ.

ކުރީގެ ރައީސް ރޮބަރޓްމުގާބޭގެ އަރިސް ބޭފުޅެއް ކަމަށްވާ ޗޮމްބޯވަނީ ހޮނިހިރު ދުވަހު ކޯޓަށް ހާޒިރުކޮށްފައެވެ.

ހަމައެކަނި ޒިމްބާބުވޭއިން ވެސް އޭނާ 100 އަށް ވުރެ ގިނަ ޕްރޮޕަޓީ ބައްލަވައިގެންފައިވާ ކަމަށް ގަބޫލުކުރެވިފައިވެއެވެ.

އޭނާގެ ވަކީލު ލަވްމޯ މަދުކޫ ވަނީ ކުރީގެ މިނިސްޓަރ ހައްޔަރުކޮށްފައިވަނީ ނޮވެމްބަރު މަހުގެ 15 ވަނަ ދުވަހު މާސްކް އަޅައިގެން ހަތިޔާރު ހިފައިގެންތިބި ބަޔަކު ކަމަށް ވިދާޅުވެފައެވެ. އެއީ ޒިމްބާބުވޭގެ އަސްކަރިއްޔާއިން އެގައުމުގެ ކޮންޓްރޯލު ނެގިދުވަހެވެ.

އަސްކަރިއްޔާއިން ބުނެފައިވަނީ މުގާބޭ ގޭބަންދުކުރުމަށް ފަހު އަސްކަރިއްޔާއިން މަސައްކަތް ކުރަމުންދިޔައީ މުގާބޭ ވަށައިގެން ތިބި މުޖުރިމުން ހައްޔަރު ކުރުމުގެ މަސައްކަތް ކަމަށެވެ.

ވަކީލު ވިދާޅުވިގޮތުގައި ބަންދުގައި ހުންނެވިއިރު ޗޮބޯއަށް އަނިޔާ ކޮށްފައިވާތީ އޭނާ ސަރުކާރު ހޮސްޕިޓަލުގައި އެޑްމިޓްކުރަން ވެސް ޖެހުނެވެ.

އޭނާ ދޫކޮށްލާފައި ވަނީ ބުރާސްފަތި ދުވަހު ކަމަށްވާއިރު ފުލުހުންގެ ބަންދަށް އޭނާ ގެންގޮސްފައިވަނީ ހުކުރު ދުވަހުއެވެ.

ޗޮބޯ ކޯޓަށް ހާޒިރުކޮށްފައި ވަނީ ބަންދުގައި ހުންނަތާ 10 ދުވަސް ފަހުން ކަމަށްވާއިރު އެއީ ޣައިރުގާނޫނީ ބަންދެއް ކަމަށް ވެސް އޭނާގެ ވަކީލު ގެންދެވީ ވިދާޅުވަމުންނެނެވެ. ނަމަވެސް ދައުލަތުގެ ވަކީލުންވަނީ އެކަމަށް އިންކާރު ކުރައްވާފައެވެ.

ކުރީގެ ފިނޭންސް މިނިސްޓަރގެ އިތުރުން ޒަނޫ-ޕީއެފް ޕާޓީގެ ޒުވާނުންގެ ގޮފީގެ ރައީސް ކުޑްޒަނާއީ ޗިޕަންގާ ވެސް ވަނީ ކޮރަޕްޝަން އަދި އަބުރުގެ ދައުވާއަކަށް ހޮނިހިރު ދުވަހު ކޯޓަށް ހާޒިރުކޮށްފައެވެ.

މީގެ އިތުރުން ޒަނޫ-ޕީއެފް ޕާޓީގެ ޒުވާނުންގެ ގޮފީގެ ނައިބް ރައީސް ވެސް ކޯޓަށް ހާޒިރު ކޮށްފައިވާއިރު މި އެންމެނަށް ވެސް ހޯމަ ދުވަހު ކަފާލާތުގެ ފުރުސަތު ލިބިގެންދާނެއެވެ.

- ކޮމެންޓް