ކ. މާލެ
|
26 ނޮވެންބަރ 2017 | އާދީއްތަ 05:38
އިގްނެޓިއަސް ޗޮމްބޯ (މެދުގައި)
އިގްނެޓިއަސް ޗޮމްބޯ (މެދުގައި)
ރޮއިޓަރސް
ޒިމްބާބްވޭ
ޒިމްބާބުވޭގެ ކުރީގެ ފައިނޭންސް މިނިސްޓަރުގެ މައްޗަށް ކޮރަޕްޝަނުގެ ދައުވާ އުފުލާ، ކޯޓަށް ހާޒިރުކޮށްފި
ރައީސް މުގާބޭ ގެ ވެރިކަމުގައި އަސްކަރިއްޔާގެ އަތްދަށަށް ގައުމުގެ ކޮންޓްރޯލް ގެނެސް، ޗޮމްބޯ ވަނީ އަސްކަރިއްޔާގެ ބެލުމުގެ ދަށަށް ގެނެސްފައި

ކޮރަޕްޝަނުގެ ދައުވާ އުފުލާފައިވާ ޒިމްބާބުވޭގެ ކުރީގެ ފައިނޭންސް މިނިސްޓަރު ކޯޓަށް ހާޒިރުކޮށްފިއެވެ.

ޒިމްބާބުވޭގެ ކުރީގެ ފައިނޭންސް މިނިސްޓަރު އިގްނެޓިއަސް ޗޮމްބޯ ގެ ވަކީލުން ވިދާޅުވާ ގޮތުގައި އަސްކަރިއްޔާގެ ބެލުމުގެ ދަށުގައި، ޗޮމްބޯ އަށް ވަނީ އަނިޔާކޮށްފައެވެ.  

ދާދިފަހުން ވެރިކަމުން އިސްތިއުފާ ދެއްވި ރޮބަޓް މުގާބޭ ގެ ވެރިކަމުގެ ފަހު ދުވަސްކޮޅުގައި، އަސްކަރިއްޔާ އިން ގައުމުގެ ކޮންޓްރޯލް ނެގުމަށް ފަހު ޗޮމްބޯ ވަނީ އަސްކަރިއްޔާގެ ބެލުމުގެ ދަށަށް ގެނެސްފައެވެ.

ރިޕޯޓުތައް ބުނާގޮތުން ޗޮމްބޯގެ މައްޗަށް ކުރެވިފައިވާ ކޮރަޕްޝަނުގެ ތުހުމަތުތަކަކީ ތަކަކީ މީގެ އެތަކެއް އަހަރުތަކުގެ ކުރީގައި އޭނާގެ މައްޗަށް ކުރެވިފައިވާ ތުހުމަތުތަކަށް ބެލުމަށްފަހު ކުރެވިފައިވާ ދައުވާތަކެކެވެ.

ރިޕޯޓުތައް ބުނާގޮތުން އިގްނެޓިއަސް ޗޮމްބޯ އަސްކަރިއްޔާގެ ބަންދުގައި ހޯމަ ދުވަހާ ހަމައަށް ބަހައްޓާނެއެވެ. އަދި އެ ދުވަހު އޭނާ ކަފާލާތުގެ ދަށުން ދޫކޮށްލުމާ މެދު ކޯޓުން ވަކި ގޮތެއް ނިންމާނެއެވެ.

ޒިމްބާބުވޭގެ ކުރީގެ ނައިބު ރައީސް އެމަސަން ނަންގަގްވާ، މިދިޔަ ހުކުރު ދުވަހު ވަނީ ރައީސް ކަމުގެ ހުވާ ކުރައްވާފައެވެ.

ޒިމްބާބްވޭގެ ރައީސްކަމުން ރޮބާޓް މުގާބޭ އަންގާރަ ދުވަހު އިސްތިއުފާ ދެއްވާފައިވާއިރު، މުގާބޭ އިސްތިއުފާ ދެއްވާފައި ވަނީ މުގާބޭ ވަކި ކުރުމުގެ މަސައްކަތް އެގައުމުގެ ގާނޫނު ހަދާ މަޖިލީހުން ފެށި ފަހުންނެވެ. އަދި މުގާބޭ އިސްތިއުފާ ދެއްވިއިރު އެގައުމުގެ ކޮންޓްރޯލް ވަނީ އަސްކަރިއްޔާގެ އަތްދަށަށް ވެސް ގެންގޮސްފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން
ރިވިއު ކުރީ: އަޒުމޫން އަހުމަދު
- ކޮމެންޓް