މިސްރުގެ އުތުރު ސައިނާ ސަރަހައްދުގައި ހުންނަ ސޫފީންގެ މިސްކިތަކަށް ހުކުރު ދުވަހު ދިން ހަމަލާގައި މަރުވި މީހުންގެ އަދަދު 305 އަރައިފި ކަމަށް އެގައުމުގެ ސްޓޭޓް ޕްރޮސިކިއުޓަރު ހޮނިހިރު ދުވަހު ވިދާޅުވެއްޖެއެވެ.
މިސްރުގެ ދައުލަތުން ހިންގާ ނައިލް ޓީވީ މެދުވެރިކޮށް އެގައުމުގެ ސްޓޭޓް ޕްރޮސިކިއުޓަރު ވިދާޅުވީ މިހަމަލާ ގައި 128 މީހުން ޒަޚަމްވި ކަމަށާއި، ބިރް އަލް-އަބަދް ޓައުންގައި ދިން މިހަމަލާ ދީފައި ވަނީ 25-30 މީހުންގެ ގްރޫޕަކުން ކަމަށެވެ.
ހަމަލާ ދިން މީހުން ހަމަލާ ދޭން އައީ އޮޓޮމެޓިކް މެޝިން ގަން ހިފައިގެން ކަމަށާއި އަދި އެމީހުން ހަމަލާ ދިނުމުގެ ކުރިން މިސްކިތް ވަށާލި ކަމަށް ސްޓޭޓް ޕްރޮސިކިއުޓަރު ވިދާޅުވިއެވެ.
އަލް ރައުދާ މިސްކިތަށް ދިން ހަމަލާގެ ޒިންމާ އަދި އެއްވެސް ބަޔަކު ނުނެގިޔަސް ހަމަލާ ދިން މީހުން ގެ ކިބައިން އައިސިސް ނުވަތަ ހަނގުރާމަވެރި ޖަމާއަތް ކަމަށް އިސްލާމިކް ސްޓޭޓް، ހަނގުރާމަވެރިންގެ ސިފަތައް ފެނިފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ. އަދި ހަމަލާ ދިނުމުގައި މިސްކިތުގެ އެތެރެއަށް ވައިން އެކަކު މިސްކިތުގެ އެތެރެއަށް ވަނީ އައިސިސްގެ ދިދަ ހިފައިގެން ކަމަށް ރިޕޯޓުތައް ބުނެއެވެ.
މިހަމަލާ އާއި ގުޅިގެން މިސްރުގެ ރައީސް އަބްދުލް ފައްތާހު އަލް ސީސީ ވަނީ މިހަމަލާގެ ފަހަތުގައި ތިބި މީހުންނާ ދެކޮޅަށް "ފުރިހަމަ ބާރު ބޭނުން" ކުރައްވާނެ ކަމަށް ވިދާޅުވެފައެވެ. ހުކުރު ދުވަހު ދިން ހަމަލާގައި މަރުވި ކުޑަކުދިންގެ ތެރޭގައި 27 ކުޑަކުދިން ވެސް ހިމެނެއެވެ.