ވިލިމާލޭގައި މީހެއްގެ ގަޔަށް ވަޅި ޖެހި މައްސަލައިގައި މިހާތަނަށް މީހަކު ހައްޔަރު ކޮށްފައިނުވާ ކަމަށް ފުލުހުން ބުނެފި އެވެ.
ފުލުހުންގެ މީޑިޔާ އޮފިޝަލް ވިދާޅުވީ، ހުކުރު ދުވަހުގެ ރޭގަނޑު 07:45 ހާއިރު ހިނގި މާރާމާރީއާ ގުޅިގެން މިހާތަނަށް މީހަކު ހައްޔަރު ކޮށްފައިނުވާ ކަމަށާއި މި ހާދިސާ ފުލުހުން ތަހުގީގު ކުރަމުންދާ ކަމަށެވެ.
މިހާދިސާގައި ޒަަހަމްވެފައިވާ މީހާއަށް އައިޖީއެމްއެޗުގައި ފަރުވާދެމުންދާ އިރު އޭނާގެ ހާލު ސީރިއަސް ނޫން ކަމަށް ވެސް ފުލުހުން ބުނެ އެވެ.
ވިލިމާލޭގައި މާރާމާރީގެ ހާދިސާއެއް ހުކުރު ދުވަހު ހިނގާފައިވާ އިރު މިމަހުގެ 14 ވަނަ ދުވަހު ފަރީދީ މަގުގައިވެސް ވަނީ މާރާމާރީއެއް ހިނގާފަ އެވެ.
އެ މާރާމާރީއާ ގުޅިގެން މ. ސީނުއަސުރުމާގޭގައި ހަރަކާތްތެރިވެ ފުލުހުން ވަނީ ބަޔަކު ހައްޔަރުކޮށްފަ އެވެ. އެ ހާދިސާގައި ދެ މީހަކު ވަނީ ޒަހަމްވެފަ އެވެ.