ރުޅިވެރިކަމާއި ޒާތީ ހަސަދައިން ލިބޭނެ ފައިދާއެއް ނެތް ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
ރުޅިވެރިކަމާއި ޒާތީ ހަސަދައިން ލިބޭނެ ފައިދާއެއް ނެތް ކަމަށް ރައީސް ނަޝީދު ވިދާޅުވީ އެމަނިކުފާނުގެ ގަމީސްކޮޅުގެ ގިރުވާނުގައި ހިފުނީތީ މައާފަށް އެދި، އަލީ ޝާހިދު (ސްޓެޕް އައްޔަ) ކުރި ޓްވީޓަކާއި ގުޅިގެން ނެވެ. ރައީސް ނަޝީދު ވިދާޅުވެފައި ވަނީ އަލީގެ ވާހަކަތަކުން ވަރަށް ބޮޑަށް އުފާވެއްޖެ ކަމަށެވެ.
Thiya basfulhun varah ufaavejje. Alhugandu dhekey gothugai rulhi verikamaai zaathee hasadhain libeyne faidha eh neiy.
— Mohamed Nasheed (@MohamedNasheed) November 25, 2017
އައްޔަ ކޮށްފައިވާ ޓްވީޓްގައި ވަނީ ރައީސް ނަޝީދުގެ "ލަފުގައި " ހިފުނީތީ މައާފަށް އެދޭ ކަމަށެވެ. އަދި ރައީސް ނަޝީދަކީ ރާއްޖޭގެ ޑިމޮކްރެސީގެ ހުޅުކޮޅު ކަމަށް ބުނެފައިވެއެވެ. އައްޔަ ވަނީ އެ ޓްވީޓާއެކު މީގެ 10 އަހަރު ކުރިން ރައީސް ނަޝީދުގެ ގަމީސްކޮޅުގެ ގިރުވާނުގައި އައްޔަ ހިފައިގެންހުރި އެ ފޮޓޯ ވެސް ހިމަނާފައި ވެއެވެ.
Raees @MohamedNasheed ge lafuga hifuneethee maafah edhen. Thiyaee raajjeyge democracy ge hulhukolhu. #FreeNasheed pic.twitter.com/5IxQwslK0L
— Step Ayya - Ali Shahid (@Step_Ayya) November 24, 2017
ރައީސް ނަޝީދުގެ ގަމީސްކޮޅުގެ ގިރުވާނުގައި އައްޔަ ހިފާފައިވާ އެ ފޮޓޯއަކީ 2007 ވަނަ އަހަރު މޫދުގައި މަރުވެފައި އޮއްވާ ފެނުނު ހުސައިން ސޮލާހުގެ ހަށިގަނޑު އާ ސަހަރާއަށް ގެންދިއުމުން، ސޮލާހުގެ ހަށިގަނޑު ބެލުމަށް އެސަރަހައްދަށް ގޮސްތިބި މީހުން ދުރުކުރުމުގެ ތެރޭގައި ރައީސް ނަޝީދު ހައްޔަރު ކުރައްވައިގެން ގެންދަނިކޮށް ނަގާފައިވާ ފޮޓޯ އެވެ.
އޭރު އައްޔައަކީ ފުލުހުންގެ ވަޒީފާގައި އުޅުނު ޕޮލިސް ކޮންސްޓަބަލް އެކެވެ. ނަމަވެސް މިހާރު އައްޔަ މަސައްކަތް ކުރަމުންދަނީ ގުޅިފައިވާ އިދިކޮޅު ފަރާތްތަކާއެކުގަ އެވެ.
މީގެ 10 އަހަރު ކުރިން ނަގާފައިވާ އެފޮޓޯ މިހާރުވެސް ސޯޝަލް މީޑިއާގައި ދައުރުވަމުންދާއިރު، އެނގިފައިވާ ގޮތުގައި އެ ފޮޓޯ ނަގާފައިވަނީ ފިޔެސް ނޫހުގައި އޭރު ޑެޕިއުޓީ އެޑިޓަރެއްގެ ގޮތުގައި މަސައްކަތް ކުރަމުން ދިޔަ މުހައްމަދު އަބްދުﷲ ޝަފީގެވެ.
Saabahey brother..thiya ee hiyvaru gadha meehunge sifa akee. Maafah edhumakee kada kameh noon. E’ee hiyavaru gadha meehunge sifa eh. Ahsaribaha saabas! https://t.co/mXzYyizp4O
— Imthiyaz Fahmy (@Imthiyazfahmy) November 24, 2017