ގދ ތިނަދޫގައި ހޮނިހިރު ދުވަހުގެރޭ ބާއްވާ ޖަލްސާއަށް ތައްޔާރުވުމަށް ސަރުކާރު ކުންފުނިތަކުގެ ވެހިކަލްތައް ބޭނުން ކުރަމުން އެބަދެއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ޕީޕީއެމްގެ ޖަލްސާގައި ބޭނުން ކުރުމަށް ގޮނޑި ގެންދިޔައީ ގދ އަތޮޅު ތައުލީމީ މަރުކަޒުންނެވެ. ބުރާސްފަތި ދުވަހުގެ ރޭ ތިނަދޫގައި އިދިކޮޅު ފަރާތްތަކުން ބޭއްވި ޖަލްސާއަށް ވެސް އަތޮޅު ތައުލީމީ މަރުކަޒުން ގޮނޑި ހޯދަން އެދުނު ކަމަށްވެއެވެ. އެހެން ނަމަވެސް ސިޔާސީ ހަރަކާތްތަކަށް ގޮނޑި ދޫނުކުރާކަމަށް ބުނެ، ސްކޫލުން ގޮނޑި ދީފައިނުވާ ކަމަށް މައުލޫމާތު ލިބެއެވެ. އިދިކޮޅު ފަރާތްތަކުގެ ޖަލްސާއަށް ގޮނޑި ނުދީ، ހަމައެކަނި ޕީޕީއެމްގެ ޖަލްސާއަސް ގޮނޑި ދޫކުރުމުން ގިނަ ބައެއްގެ ފާޑުކިޔުން ސްކޫލަށް އަމާޒުވެފައިވެއެވެ.
ޕީޕީއެމް އިން ބާއްވާ ޖަލްސާތަކަށް ސަރުކާރު ކުންފުނިތަކާއި އޮފީސްތަކުގެ މުދާ ބޭނުންކުރާ މިންވަރު ފަހަކަށް އައިސް އިތުރުވެފައިވެއެވެ. ވަކިން ޚާއްސަކޮށް ޕީޕީއެމްގެ ޖަލްސާތަކަށް ތައްޔާރުވުމުގެ ގޮތުން އެމްއާރްޑީސީއާއި ހައުސިން މިނިސްޓްރީގެ ވެހިކަލްތަކާއި މުވައްޒަފުން ބޭނުންކުރުން ވަނީ އިތުރުވެފައެވެ.
PPM in Thinadhoo gai baavvaa jalsaa ge gon’di (G.DH.AEC ge gon'dithah) MRDC ge vehicle gai ufulanee, Idhikolhu meehun gon’diah edhumun bunee siyaasee harakaathah gon’di dhoo nukuramey ekamaku PPM jalsaa e ee siyaasee party eh noonthoa? pic.twitter.com/Zbw5hNxF5X
— Thayyib #PN2018 (@thayyib) November 24, 2017
ސަރުކާރު ހިންގާ ޕާޓީއިން ތިނަދޫގައި ކުއްލިއަކަށް ޖަލްސާއެއް ބާއްވަން ނިންމީ އިދިކޮޅު ފަރާތްތަކުން އެރަށުގައި ބޮޑު ޖަލްސާއެއް ބާއްވާފައިވަނިކޮށެވެ. އެޖަލްސާއަށް ނުދިޔުމަށް ސަރުކާރު ހިންގާ ޕާޓީއިން ގޮވާލިނަމަވެސް ގިނަ އަދަދެއްގެ ބަޔަކު ޖަލްސާއަށް ހާޒިރުވިއެވެ.