ކ. މާލެ
|
25 ނޮވެންބަރ 2017 | ހޮނިހިރު 03:03
ހަމަލާ އަށް ފަހު މިސްކިތް ތެރެއިން
ހަމަލާ އަށް ފަހު މިސްކިތް ތެރެއިން
ގޫގުލް
މިސްރު
މިސްރުގެ މިސްކިތަކަށް ދިން ހަމަލާ: މަރުވި މީހުންގެ އަދަދު 235 އަށް އަރައިފި
މިއީ މިހާތަނަށް މިސްރުގެ ފަސްގަނޑުގައި ދިން އެންމެ ނުރައްކާތެރި ޓެރަރިސްޓް ހަމަލާ ކަމަށްވޭ

މިސްރުގެ އުތުރު ސިނާއީ ސަރަހައްދުގައި ހުންނަ މިސްކިތަކަށް ހުކުރު ދުވަހު ދިން ހަމަލާގައި މަދުވެގެން 235 މީހުން މަރުވެފައިވާ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.

ހުކުރު ދުވަހު ހުކުރު ނަމާދު ގަނޑީގައި ދިން މިހަމަލާ ގައި 109 މީހަކު ޒަޚަމްވެފައިވާ ކަމަށް އެންމެ ފަހުގެ ރިޕޯޓުތައް ބުނާއިރު މިއީ މިހާތަނަށް މިސްރުގެ ފަސްގަނޑުގައި ދިން އެންމެ ނުރައްކާތެރި ޓެރަރިސްޓް ހަމަލާ ކަމަށްވެއެވެ.

ހަމަލާ ދިން މީހުން މިސްކިތްތެރޭ ބޮން ގޮއްވާލުމުގެ އިތުރަށް، ނަމާދުކުރަން ތިބި މީހުންގެ ގަޔަށް ބަޑި ވެސް ޖެހިއެވެ.

މިހަމާލާ އާއި ގުޅިގެން މިސްރުގެ ރައީސް އަބްދުލް ފައްތާހު އަލް ސީސީ ވަނީ މިހަމަލާގެ ފަހަތުގައި ތިބި މީހުންނާ ދެކޮޅަށް "ފުރިހަމަ ބާރު ބޭނުން" ކުރައްވާނެ ކަމަށް ވިދާޅުވެފައެވެ.

މިހަމަލާއާއި ގުޅިގެން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ކުރައްވާފައިވާ ޓްވީޓެއްގައި ވިދާޅުވީ ދުނިޔެއިން ޓެރަރިޒަމް ބަލައިނުގަންނާނެކަމަށާއި، އަސްކަރީ ގޮތުން ޓެރަރިސްޓުން ބަލިކުރަން ޖެހޭކަމަށެވެ. އަދި ހައްދުފަހަނައަޅައި ދިޔުމުގެ ފިކުރު ނައްތާލަން ޖެހޭކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް