މިސްރުގެ ސައިނާގައި ދިން ޓެރަރިސްޓް ހަމަލާ ދިވެހި ސަރުކާރުން ކުށްވެރިކޮށްފިއެވެ.
ފޮރިން މިނިސްޓްރީއިން ބުނީ މިހަމަލާ ދިވެހި ސަރުކާރުން އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރާކަމަށާއި، ދިވެހި ރާއްޖެ އޮތީ މިސްރުގެ ސަރުކާރާއި ރައްޔިތުންނާއިއެކު ކަމަށެވެ. އަދި ހަމަލާގައި މަރުވި މީހުންގެ އާއިލާތަކަށް ތައުޒިޔާ ފޮނުވާފައިވެއެވެ. ހަމަނުޖެހުން ބޮޑު ސައިނާ ސަރަހައްދުގައި ހުރި މިސްކިތެއްގައި ހުކުރު ވަގުތު ދިން ޙަމަލާގައި 235 މީހަކު މަރުވެފައިވާކަން މިހާތަނަށް ކަށަވަރުވެފައިވެއެވެ.
Strongly condemn the cowardly terrorist attack in #Sinai #Egypt. GoM stands with people & govt of Egypt. Our deepest condolences to the families of the victims - FM @ASIM_MDV
— MFA-Maldives (@MDVForeign) November 24, 2017
މިއީ ސައިނާ ސަރަހައްދުގައި ހައްދުފަހަނައެޅި ހަނގުރާމަވެރި ޖަމާޢަތްތަކުގެ ހަރަކާތްތައް 2013ވަނަ އަހަރު އިތުރުވިފަހުން އެސަރަހައްދުގައި ދިން އެންމެ ނުރައްކާތެރި ހަމަލާއެވެ.