ކ. މާލެ
|
25 ނޮވެންބަރ 2017 | ހޮނިހިރު 03:00
ޒިމްބާބުވޭގެ އާ ރައީސް، ނަންގަގްވާ
ޒިމްބާބުވޭގެ އާ ރައީސް، ނަންގަގްވާ
ގޫގުލް
ޒިމްބާބުވޭ
ޒިމްބާބުވޭގެ ހުރިހާ ރައްޔިތުންނަށް ޚިދުމަތް ކުރައްވާނެ ވެރިއަކަށް ވާނަން: ރައީސް ނަންގަގްވާ
ނަންގަގްވާގެ ހުވާ ކުރެއްވުމުގެ ރަސްމިއްޔާތު އޮތީ ހުކުރު ދުވަހު

ޒިމްބާބުވޭގެ ހުހިހާ ރައްޔިތުންނަށް ޚިދުމަތް ކުރައްވާނެ ވެރިއަކަށް އެމަނިކުފާނު ވެވަޑައިގަންނަވާނެ ކަމަށް ޒިމްބާބުވޭގެ ރައީސްކަމުގެ ހުވާ ހުކުރު ދުވަހު ކުރެއްވި އެމަސަން ނަންގަގްވާ ވިދާޅުވެއްޖެއެވެ.

 

ރައީސްކަމާ ހަވާލުވެވަޑައިގެންނެވި ނަންގަގްވާ، ރައީސްކަމުގެ ހުވާ ކުރެއްވުމުގެ ރަސްމިއްޔާތު އޮތީ ވެރިރަށް ހަރާރޭގެ މައި ސްޓޭޑަމެއްގައެވެ. ރައީސްކަމުގެ ހުވާ ކުރެއްވުމަށްފަހު ނަންގަގްވާ ވިދާޅުވީ އެމަނިކުފާނުގެ ޒިންމާ އަކީ ގައުމު އާރާސްތު ކުރުން ކަމަށެވެ. ނަންގަގްވާ ކުރީގެ ރައީސް މުގާބޭ އާ ބެހޭގޮތުން ވިދާޅުވީ އެމަނިކުފާނަކީ "ބައްޕައެއް ކަމަށާއި، އަދި ރަހްމަތްތެރިއެއްގެ އިތުރުން ލީޑަރެއް ކަމަށް" އެވެ. 

 

ނަންގަގްވާއަށް މަގާމުގެ ހުވައި ލައިދެއްވީ އުއްތަމަ ފަނޑިޔާރު ލޫކް މަލާބާއެވެ. މުގާބޭގެ ވެރިކަން ނިމި، ނަންގަގްވާގެ ވެރިކަން މިއަދު ފެށިގެންދާއިރު، ޒިމްބާބްވޭގެ އިގްތިސާދު  އޮތީ ވަރަށް ދަށް ހާލަތެއްގައެވެ. އަދި އިގްތިސާދު ހަމަޔަކަށް އެޅުވުމަށް މަސައްކަތްތަކެއް ކުރުމަށް އައިއެމްއެފްއިން ވަނީ ޒިމްބާބްވޭއަށް ގޮވާލާފައެވެ.

 

ޒިމްބާބުވޭގެ ރައީސްކަމުގެ ހުވާ އެމަސަން ނަންގަގްވާ ކުރެއްވި ރަސްމިއްޔާތުގައި އެގައުމުގެ ކުރީގެ ރައީސް ރޮބަޓް މުގާބޭ ބައިވެރިވެވަޑައިނުގަންނަވައެވެ. މުގާބޭ އަށް ރަސްމިއްޔާތުގައި ބައިވެރިވެވަޑައިނުގެންނެވުނީ އަރާމު ކުރައްވަން އެމަނިކުފާނު ޖެހިވަޑައިގަތުމުގެ ސަބަބުން ކަމަށް ރިޕޯޓުތައް ބުނެއެވެ.

 

ޒިމްބާބުވޭގައި ހަރަކާތްތެރިވާ ބީބީސީގެ ރިޕޯޓަރުންނާ ހަވާލާދީ ރިޕޯޓުތައް ބުނަނީ ކުރީގެ ރައީސް މުގާބޭ، ނަންގަގްވާގެ ހުވާ ކުރެއްވުމުގެ ރަސްމިއްޔާތައް ވަޑައިނުގެންނެވުމުން ދޭހަވެގެން ދިޔައީ ވެރިކަން ބަދަލުވެގެން ދިޔައީ އާދަ ހިލާފަށްކަން ކަމަށާއި އަދި މުގާބޭ އަމިއްލަފުޅަށް އިސްތިއުފާ ދެއްވިއަސް، އިސްތިއުފާ ދެއްވީ އަސްކަރިއްޔާ އިން މަޖުބޫރުކޮށްގެން ކަމަށެވެ.

 

ޒިމްބާބްވޭގެ ރައީސްކަމުން ރޮބާޓް މުގާބޭ އަންގާރަ ދުވަހު އިސްތިއުފާ ދެއްވާފައިވާއިރު، މުގާބޭ އިސްތިއުފާ ދެއްވާފައި ވަނީ މުގާބޭ ވަކި ކުރުމުގެ މަސައްކަތް އެގައުމުގެ ގާނޫނު ހަދާ މަޖިލީހުން ފެށި ފަހުންނެވެ. އަދި މުގާބޭ އިސްތިއުފާ ދެއްވިއިރު އެގައުމުގެ ކޮންޓްރޯލް ވަނީ އަސްކަރިއްޔާގެ އަތްދަށަށް ވެސް ގެންގޮސްފައެވެ.

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް