ކ. މާލެ
|
24 ނޮވެންބަރ 2017 | ހުކުރު 12:03
ކޮލޯން އަދި އާސެނަލް ބައްދަލުކުރި މެޗުގެ ތެރެއިން
ކޮލޯން އަދި އާސެނަލް ބައްދަލުކުރި މެޗުގެ ތެރެއިން
ގެޓީ އިމޭޖަސް
ޔޫރޮޕާ ލީގު
ޔޫރޮޕާ ލީގް: އެފްސީ ކޮލޯން އަތުން ބަލިވިޔަސް އާސެނަލް އަށް ގްރޫޕްގެ އެއްވަނަ
ކޮލޯން އަތުން އާސެނަލް ބަލިވީ 0-1 ގެ ނަތީޖާއަކުން

ޔޫރޮޕާ ލީގުގައި ޖަރުމަންގެ އެފްސީ ކޮލޯން އަތުން ބަލިވިޔަސް އާސެނަލް ގްރޫޕްގެ އެއްވަނައިގެ ގޮތުގައި ގަދަ 16 އަށް ދަތުރުކޮށްފިއެވެ.

ކޮލޯން ދަނޑުގައި ކުޅުނު މި މެޗު ފެށިގެން ބޯޅަ ކޮންޓްރޯލްކޮށްގެން ރަނގަޅަށް ކުޅެމުންދިޔައީ އެޓީމުންނެވެ. އެގޮތުން އެޓީމުން ވަނީ އާސެނަލްގެ ހާފަށް ބާރުބޮޑުކޮށް ލަނޑު ޖެހުމަށް ފުރުސަތުތަކެއް ވެސް ތަނަވަސްކޮށްފައެވެ.

އެހެން ނަމަވެސް ފުރަތަމަ ހާފްގެ ވަކި ހިސާބަކުން އާސެނަލް އިން ވަނީ މެޗުގެ ކޮންޓްރޯލް ހޯދާ ކޮލޯންގެ ހާފަށް ބާރުބޮޑުކޮށްފައެވެ. އެގޮތުން އާސެނަލް އަށް ވަނީ ފުލުފުލުގައި ލަނޑު ޖެހުމަށް ގިނަ ހުސް ފުރުސަތުތަކެއް ލިބި ބޭކާރުވެފައެވެ.

މެޗުގެ ފުރަތަމަ ހާފް ނިމުނީ 0-0 ގެ ނަތީޖާއިން ދެޓީމު އެއްވަރުވެގެންނެވެ.

ދެވަނަ ހާފް ފެށިގެން ވެސް ރަނގަޅަށް ކުޅެމުންދިޔައީ އާސެނަލްއެވެ. އެހެންނަމަވެސް އާސެނަލް އިން ރަނގަޅަށް ކުޅެމުންދަނިކޮށް ކޮލޯން އިން ވަނީ މެޗުގެ ލީޑު ނަގާފައެވެ. މި ލަނޑު އެޓީމަށް ލިބުނު ޕެނަލްޓީއަކުން ކާމިޔާބުކޮށްދިނީ ގުރާސީއެވެ.

މި ލަނޑަށް ފަހު އާސެނަލް އިން ވަނީ އެޓީމުގެ އެޓޭކްތައް އިތުރަށް ވަރުގަދަކޮށްފައެވެ. އެގޮތުން އެޓީމަށް ވަނީ ފުލުފުލުގައި ނަތީޖާ ހަމަހަމަކުރުމަށް ފުރުސަތުތަކެއް ލިބިފައެވެ. އެހެންނަމަވެސް މެޗު ނިމުނުއިރު ވެސް އާސެނަލްއަށް ކޮލޯންގެ ވަރުގަދަ ޑިފެންސް ފޫއަޅުވައެއް ނުލެވުނެވެ.

މި ނަތީޖާއާ އެކު އާސެންލަ އޮތީ 10 ޕޮއިންޓާއެކު ގްރޫޕް އެޗްގެ އެއްވަނައިގައެވެ. މެޗުން މޮޅުވި ކޮލޯން އޮތީ ހަ ޕޮއިންޓާ އެކު ގްރޫޕްގެ ދެވަނައިގައެވެ. ގްރޫޕްގެ އެއްވަނަ ކަށަވަރުކޮށް އާސެނަލް ގަދަ 16 އިން ޖާގަ ހޯދާފައިވަނީ ގްރޫޕް ސްޓޭޖުގައި ބާކީ އެއް މެޗު އޮއްވައެވެ.

 

- ކޮމެންޓް