ކ. މާލެ
|
23 ނޮވެންބަރ 2017 | ބުރާސްފަތި 18:43
ޔޫތް ޗެމްޕިއަންޝިޕްގެ ތަށި އީގަލްސް އިން އުފުލާލަނީ
ޔޫތް ޗެމްޕިއަންޝިޕްގެ ތަށި އީގަލްސް އިން އުފުލާލަނީ
ސަން އޮންލައިން
ޔޫތް ޗެމްޕިއަންޝިޕް
ޔޫތް ޗެމްޕިއަންޝިޕް އަންނަ މަހު 21 ގައި، ބައިވެރިވުމަށް ފުރުސަތު ހުޅުވާލައިފި
މުބާރާތުގައި ވާދަކުރޭވޭނީ މާލޭ ލީގު އަދި އުރީދޫ ދިވެހި ޕްރިމިއާ ލީގުގައި ވާދަކުރާ 8 ޓީމަށް

21 އަހަރުން ދަށުގެ ކުޅުންތެރިންނަށް އަމާޒުކޮށްގެން ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ބާއްވާ މުބާރާތް އަންނަ މަހުގެ 21 ވަނަ ދުވަހު ބޭއްވުމަށް ތާވަލުކޮށް، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

އައު ފޯމެޓަކާއެކު މި މުބާރާތް އަންނަ މަހުގެ 21 ވަނަ ދުވަހު ބޭއްވުމަށް ތާވަލުކޮށްފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު އަންނަ މަހުގެ 3ވަނަ ދުވަހަށް ވަނީ ހުޅުވާލެވިފައެވެ.

މި މުބާރާތުގައި ވާދަކުރުމުގެ ފުރުސަތު ހުޅުވާލާފައިވަނީ ހަމައެކަނި މާލޭ ލީގު އަދި އުރީދޫ ދިވެހި ޕްރިމިއާ ލީގުގައި ވާދަކުރާ 8 ޓީމަށެވެ.

އެފްއޭއެމް އިން 2011 ވަނަ އަހަރު ބާއްވަން ފެށި މި މުބާރާތް މެދުނުކެނޑި 2014 ވަނަ އަހަރުގެ ނިޔަލަށް ވަނީ ކުރިޔަށް ގެންގޮސްފައެވެ. އެއަށްފަހު މި މުބާރާތް ދެން ބާއްވާފައިވަނީ މިދިޔަ އަހަރެވެ. މިދިޔަ އަހަރު މުބާރާތުގެ ފައިނަލުގައި ޓީސީ ސްޕޯޓްސް ކްލަބް ބަލިކޮށް، ޗެމްޕިއަންކަން ހޯދީ ކްލަބް އީގަލްސްއެވެ.

އީގަލްސްގެ އިތުރުން ޔޫތް ޗެމްޕިއަންޝިޕް ކާމިޔާބުކުރި ޓީމުތަކުގެ ތެރޭގައި މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން އަދި ކްލަބް ވެލެންސިއާ ހިމެނެއެވެ. އީގަލްސް އިން ވަނީ މި މުބާރާތް ދެފަހަރު ކާމިޔާބުކޮށްފައެވެ.

ޔޫތް ޗެމްޕިއަންޝިޕަކީ ގިނަ ކުޅުންތެރިންތަކެއް ތައާރަފް ވެގެންދިޔަ މުބާރާތެކެވެ. އެގޮތުން އެ މުބާރާތުން ވިދާލި ގިނަ ކުޅުންތެރިން މިހާރު އަންނަނީ ގައުމީ ޓީމަށް ކުޅެމުންނެވެ.

 

 

 

- ކޮމެންޓް