ކ. މާލެ
|
23 ނޮވެންބަރ 2017 | ބުރާސްފަތި 17:48
ޑިޓިއުން ބޭންޑް
ޑިޓިއުން ބޭންޑް
ފޭސްބުކް
"ކޯންޗެއްބާ؟"
"ކޯންޗެއްބާ؟" އަކީ ކޮންއެއްޗެއް؟
މިއީ ކޮން ވީޑިއޯއެއްކަން ބެލުންތެރިންނަށް ވަރަށް އަވަހަށް އެނގިގެންދާނެ

"ކޯންޗެއްބާ" ގެ ނަމުގައި ޑިޓިއުން ބޭންޑާއި އޯކޭޒް އިންކް ގުޅިގެން ނެރޭ ވީޑިއޯ ލަވައިގެ ޓީޒަރ އާއްމުކޮށްފި އެވެ.

"ކޮންއެއްޗެއްބާ" ގެ ނަމުގައި ސޯޝަލް މީޑިއާގައި ޓްރެންޑު ކުރަމުން އަންނަ މި ވީޑިއޯ ޓީޒަރ ފެށޭއިރު ފެންނަނީ ކޮންމެވެސް މީހަކު ހިނގާފައި އަންނަ މަންޒަރެވެ.

59 ސިކުންތުގެ މި ވީޑިއޯއާއި ބެހޭގޮތުން ޑިޓިއުން ބޭންޑްގެ ލީޑް ވޯކަލިސްޓް ފާތިމަތު ފެޒްލީން (ފެޒޫ) ބުނީ މިއީ ސަޕްރައިޒެއް ކަމަށެވެ. ފެޒޫ ބުނީ މިއީ ވަރަށް ބޮޑު ޕްރޮޑަކްޝަން ޓީމެއް ގުޅިގެން އުފައްދާފައިވާ ވީޑިއޯ އެއް ކަމަށެވެ. ވީޑިއޯގެ ޕްރޮޑަކްޝަން ޓީމުގައި ހިމެނޭ ފަރާތްތަކުގެ ތެރޭގައި މަޝްހޫރު ކެމެރާމަން އިބްރާހިމް ވިޝާން (ކަނޑި)، އަދި މަޝްހޫރު ކޮރިއޮގްރާފަރ އަދި ޑައިރެކްޓަރ މުހައްމަދު މުންތަސިރު (މުންކޮ) ހިމެނެއެވެ. މި ވީޑިއޯއާއި ގުޅޭ ގޮތުން މާބޮޑު ތަފްސީލެއް ދިނުމަށް ފެޒޫވެސް އަދި ޕްރޮޑަކްޝަން ޓީމުން ވެސް ބޭނުމެއް ނުވެއެވެ.

ފެޒޫ ބުނީ މި ސަޕްރައިޒް އަންނަން މާގިނަ ދުވަހެއް ނެތް ކަމަށެވެ. އެގޮތުން އަންނަ ޑިސެމްބަރު މަހުގެ ފުރަތަމަ ހަފްތާގައި މި ވީޑިއޯއިން މި ފެންނަނީ ކޮން އެއްޗެއްކަން އެނގިގެންދާނެ ކަމަށް ފެޒޫ ބުންޏެވެ.

- ކޮމެންޓް