ކ. މާލެ
|
23 ނޮވެންބަރ 2017 | ބުރާސްފަތި 15:28
ސިންގަޕޫރުގެ ނަންޔަންގް ޓެކްނޮލޮޖިކަލް ޔުނިވާސިޓީގެ ކެމްޕަސްތަކުގައި މިހާރުވެސް ބޭނުންކުރަނީ ޑްރަވަރުންނެތް ބަސް
ސިންގަޕޫރުގެ ނަންޔަންގް ޓެކްނޮލޮޖިކަލް ޔުނިވާސިޓީގެ ކެމްޕަސްތަކުގައި މިހާރުވެސް ބޭނުންކުރަނީ ޑްރަވަރުންނެތް ބަސް
އެންޓީޔޫ ސިންގަޕޫރު
ސިންގަޕޫރުގެ ދަތުރު ފަތުރު
ސިންގަޕޫރުން އާއްމު ދަތުރުފަތުރުގައި ޑްރައިވަރުން ނެތް ބަސް ބޭނުންކުރަނީ
ސިންގަޕޫރުގެ ނަންޔަންގް ޓެކްނޮލޮޖިކަލް ޔުނިވާސިޓީގެ ކެމްޕަސްތަކުގައި މިހާރުވެސް ބޭނުންކުރަނީ ޑްރަވަރުންނެތް ބަސް
ސަރުކާރުން ބުނީ ޕައިލެޓް ޕްރޮޖެކްޓް ތިން ސަރަހައްދެއްގައި ހިންގުމަށް ހަމަޖެހިފައިވާކަމަށް
މި ބަސްތައް އެހީވެދޭނީ ކުދި ނެއިބަރހުޑްތަކުގައި ރޭލް ސްޓޭޝަންތަކާއި ބަސް ސްޓޭޝަންތަކަށް ދިއުމަށް

2022 އަންނައިރު ސިންގަޕޫރުގެ މަގުތަކުގައި އާއްމު ދަތުރުފަތުރުގައި ޑްރައިވަރަކާ ނުލައި ދުއްވާ ބަސް ތައާރަފް ކުރުމަށް އެ ގައުމުން ނިންމައިފިއެވެ.

ސަރުކާރުން ބުނީ ޕައިލެޓް ޕްރޮޖެކްޓް ތިން ސަރަހައްދެއްގައި ހިންގުމަށް ހަމަޖެހިފައިވާއިރު އެއީ ކާރޫބާރު ކުޑަ މަގުތައް ކަމަށެވެ.

މި ބަސްތައް އެހީވެދޭނީ ކުދި ނެއިބަރހުޑްތަކުގައި ރޭލް ސްޓޭޝަންތަކާއި ބަސް ސްޓޭޝަންތަކަށް ދިއުމަށެވެ.

ސިންގަޕޫރުން އުންމީދު ކުރާގޮތުގައި ޑްރައިވަރުންނާ ނުލައި ދުއްވާ ވެހިކަލް ތައާރަފް ކުރުމުން ބިމުގެ ޖާގައިގެ ދަތިކަމުން ދިމާވާ މައްސަލަތަކާއި ޑްރައިވަރުން ނުލިބިގެން ދިމާވާ މައްސަލަތަކަށް ހައްލެއް ލިބިގެންދާނެއެވެ.

ޕަބްލިކް ޓްރާންސްޕޯޓް ބޭނުން ކުރުމަށް ބާރުއަޅާ ސިޔާސަތުތައް ރަނަގަޅުވުމާ މަގުމަތި ބޭނުންކުރަށް ދައްކަންޖެހޭ ފީގެ ސަބަބުން ސިންގަޕޫރަކީ ދެކުނު އިރުމަތީ އޭޝިއާގެ އެހެން ގައުމުތަކާ އަޅާބާލައިރު، ޓްރެފިކް ތޮއްޖެހުން ކުޑަ ގައުމެކެވެ.

އެ ގައުމުންދަނީ ޑްރައިވަރުން ނެތި ވެހިކަލް ދުއްވުމުގައި އެންމެ ކުރިއަރާފައިވާ ގައުމަށް ވުމަށް މަސައްކަތް ކުރަމުންނެވެ.

 

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް