ކ. މާލެ
|
23 ނޮވެންބަރ 2017 | ބުރާސްފަތި 03:41
   ސައީދު ދޫކޮށްލަން ކޯޓުން ނިންމީ އިތުރު ހެކި ހޯދިފައިނުވާތީ
ސައީދު ދޫކޮށްލަން ކޯޓުން ނިންމީ އިތުރު ހެކި ހޯދިފައިނުވާތީ
ރޮއިޓަރސް
މުމްބާއީގައި ބޮމުގެ ހަމަލާ
މުމްބާއީގައި ބޮމުގެ ހަމަލާ: މުގުލުގައި ހުރިކަމަށް ތުހުމަތުކުރެވޭ ޕާކިސްތާނު މީހާ ދޫކޮށްލައިފި
ސައީދު ދޫކޮށްލަން ކޯޓުން ނިންމީ އިތުރު ހެކި ހޯދިފައިނުވާތީ
ސައީދާއެކު ދައުވާއުފުލުނު ހަތަރު މީހަކު މިދިޔަ މަހުވަނީ ދޫކޮށްލާފަ
ސައީދުގެ ބަންދުގެ މުއްދަތު ހަމަވާނީ ބުރާސްފަތި ދުވަހަށް

އިންޑިއާގެ ވިޔަފާރީގެ މަރުކަޒީ ރަށް މުމްބާއީގައި  2008ވަނަ އަހަރު ދިން ޓެރެރިސްޓް ހަމަލާގެ މުގުލުގައި ހުރިކަމަށް ތުހުމަތުކުރެވޭ ޕާކިސްތާނުގެ ލަޝްކަރޭ ތައިބާގެ ފައުންޑަރ މުހައްމަދު ސައީދު އެ ގައުމުގެ ކޯޓުން މިނިވަން ކޮށްފިކަމަށް އޭނާގެ ތަރުޖަމާނު ބުނެފިއެވެ.

އދން ޓެރަރިސްޓެއްކަމަށް ކަނޑައަޅާފައިވާ އަދި އެ އޭނާ ހައްޔަރުކޮށްފި މީހަކަށް 10 މިލިއަން އެމެރިކާ ޑޮލަރު ދިނުމަށް އެމެރިކާއިން ހުށަހަޅާފައިވާ ސައީދު ހުރީ  ޕާކިސްތާނުގެ ލާހޫރްގައި ޖެނުއަރީ މަހުން ފެށިގެން ގޭ ބަންދުގައެވެ.

އެންޓި ޓެރެރިޒަމް ޤާނޫނުތަކުގެ ދަށުން އޭނާ ގޭ ބަންދުކޮށްފައިވަނީ ޕްރޮވިންސްގެ ސަރުކާރުންނެވެ.

ސައީދުގެ ތަރުޖަމާނު ނަދީމް އަވާން އަލްޖަޒީރާގައި ބުނެފައިވަނީ އިތުރު 90 ދުވަހު އޭނާ ބަންދުގައި ބެހެއްޓުމަށް ލާހޫރުގެ ހައިކޯޓުގައި އެދުމުން ބުދަ ދުވަހު ކޯޓުން އެކަމާ ދެކޮޅަށް ނިންމާފައިވާކަމަށެވެ.

އަވާން ބުނީ ސައީދުގެ ބަންދުގެ މުއްދަތު ބުރާސްފަތިދުވަހަށް ހަމަވާއިރު އޭނާގެ ބަންދުގެ މުއްދަތު އިތުރުކުރުމަށް ކޯޓަށް ގެންދިއުމުން ސަރުކާރަށް އިތުރު ހެކި ހުށަހެޅިފައިނުވާތީ ކޯޓުން އޭނާ މިނިވަންކުރުމަށް އަމުރުކުރީކަމަށެވެ.

މި މައްސަލައިގައި ސައީދާއެކު ދައުވާލިބޭ އިތުރު ހަތަރު މީހުން ކަމަށްވާ، އަބްދުﷲ އުބައިދު، ޒަފަރް އިގްބާލް، އަބްދުއްރަހްމާން އާބިދު އަދި ޤާޒީ ކަޝިފް ނިއާޒްވެސް ބަންދުގައި ބޭތިއްބުމަށް އިތުރު ހެކި ނުދެއްކުމުން މިދިޔަ މަހުވަނީ މިފަދަ ގޮތަކަށް ދޫކޮށްލާފައެވެ.

 

 

 

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: މިއުވާން މުހައްމަދު
- ކޮމެންޓް