ކ. މާލެ
|
22 ނޮވެންބަރ 2017 | ބުދަ 20:30
ޒިމްބާބްވޭގެ ކުރީގެ ނައިބު ރައީސް އެމަރސަން ނަންގަގްވާ
ޒިމްބާބްވޭގެ ކުރީގެ ނައިބު ރައީސް އެމަރސަން ނަންގަގްވާ
ގޫގުލް
ޒިމްބާބްވޭގެ މަސްރަހު
ޒިމްބާބުވޭގެ ކުރީގެ ނައިބު ރައީސް އެގައުމުގެ ރައީސްކަމުގެ ހުވާ ކުރައްވަނީ
ރައީސް މުގާބޭ ވަނީ 37 އަހަރަށްފަހު ވެރިކަމުން އިސްތިއުފާ ދެއްވާފައި
ނަންގަގްވާ އަކީ ރައީސް މުގާބޭގެ ކުރީގެ ނައިބު ރައީސް

ޒިމްބާބްވޭގެ ރައީސްކަމުގެ ހުވާ ކުރިން ނައިބު ރައީސްކަން ކުރެއްވި އެމަސަން ނަންގަގްވާ، އަންނަ ހުކުރު ދުވަހު ކުރައްވާނެ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.

ޒިމްބާބްވޭގައި 1980 ވަނަ އަހަރުން ފެށިގެން ވެރިކަން ކުރެއްވި ރޮބާޓް މުގާބޭ މިދިޔަ އަންގާރަ ދުވަހު އިސްތިއުފާ ދެއްވާފައިވާއިރު ރައީސް މުގާބޭގެ 37 އަހަރުވީ ޚުދުމުޚުތާރު ވެރިކަން ނިމިގެން ދިޔައީ ނައިބު ރައީސް ކަމުގައި ހުންނެވި އެމަސަން ނަންގަގްވާ މިމަހުގެ ހަވަނަ ދުވަހު މަގާމުން ދުރުކުރައްވާފައި ވަނިކޮށެވެ. އުމުރުފުޅުން 75 އަހަރުފުޅުގެ ނަންގަގްވާ މަގާމުން ދުރުކުރެވުނީ ރައީސް މުގާބޭއަށް ފަހު އެ ގައުމުގައި ވެރިކަން ކުރައްވާނެ ބޭފުޅަކަށް މުގާބޭގެ އަނބިކަބަލުން ގްރޭސް މުގާބޭ ޝައުގުވެރިކަން ފާޅުކުރައްވަމުން ގެންދަވަނިކޮށް ނަންގަގްވާވެސް އެކަމަށް ޝައުގުވެރިކަން ފާޅުކުރެއްވުމުން އުފެދުނު ހިތްހަމަ ނުޖެހުމާ ގުޅިގެންނެވެ.

ރޮބާޓް މުގާބޭ އެމަނިކުފާނުގެ ނައިބު ރައީސްކަމުން ނަންގަގްވާ ވަކިކުރެއްވުމާ ގުޅިގެން އެމަނިކުފާނު ވަނީ ގައުމު ދޫކުރައްވާ ދެކުނު އެފްރިކާ އަށް ވަޑައިގެންފައެވެ. ބުދަ ދުވަހު ނަންގަގްވާ އެނބުރި ގައުމަށް ވަޑައިގެންފައިވާ އިރު ރައީސްކަމުން މުގާބޭ އިސްތިއުފާ ދެއްވުމާ ގުޅިގެން ނެރުއްވި ބަޔާނެއްގައި، ނަންގަގްވާ ވިދާޅުވީ "ޒިމްބާބްވޭ އަށް އައި ތާރީޚީ ވަގުތުކޮޅާއި" ގުޅިގެން ރައްޔިތުންނަށް ޝުކުރު ދަންނަވާ ކަމަށެވެ. އަދި އެންމެން ގުޅިގެން ޑިމޮކްރަސީ ހަރުދަނާ ކޮށް ޒިމްބާބުވޭ އަށް ހަމަޖެހުން ގެނެވޭނެ ކަމަށްވެސް ނަންގަގްވާ ވިދާޅުވިއެވެ.

ޒިމްބާބްވޭގެ ރައީސްކަމުން ރޮބަޓް މުގާބޭ އަންގާރަ ދުވަހު އިސްތިއުފާ ދެއްވާފައިވާއިރު، މުގާބޭ އިސްތިއުފާ ދެއްވާފައި ވަނީ މުގާބޭ ވަކި ކުރުމުގެ މަސައްކަތް އެގައުމުގެ ގާނޫނު ހަދާ މަޖިލީހުން ފެށި ފަހުންނެވެ. އަދި މުގާބޭ އިސްތިއުފާ ދެއްވިއިރު އެގައުމުގެ ކޮންޓްރޯލް ވަނީ އަސްކަރިއްޔާގެ އަތްދަށަށް ވެސް ގެނެސްފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން
ރިވިއު ކުރީ: މިއުވާން މުހައްމަދު
- ކޮމެންޓް