ކ. މާލެ
|
22 ނޮވެންބަރ 2017 | ބުދަ 11:14
ސަބްމެރިން ގެއްލިފައިވާ ކަމަށް ރިޕޯޓްކުރީ ބުދަ ދުވަހު
ސަބްމެރިން ގެއްލިފައިވާ ކަމަށް ރިޕޯޓްކުރީ ބުދަ ދުވަހު
އިންޑިއާ.ކޮމް
އާޖެންޓީނާގެ ސަބްމެރިން
ގެއްލިގެން ހޯދަމުންދާ އާޖެންޓީނާގެ ސަބްމެރިން: އޮކްސިޖަން ހުސްވެދާނެކަމުގެ ބިރު ހީވެއްޖެ
ސަބްމެރިން ގެއްލިފައިވާ ކަމަށް ރިޕޯޓްކުރީ ބުދަ ދުވަހު
އުޅަނދުގައި 44 މީހުން ދަތުރުކުރި
ސަބްމެރިންއާ ގުޅުން ކެނޑުނީ އުޅަނދުން ކަރަންޓް ދިޔަކަމަށް ބުނި ހިސާބުން

މިދިޔަ ބުދަ ދުވަހު އެޓްލާންޓިކް ކަނޑުގެ ދެކުނުން ގެއްލުނު ސަބްމެރިންގައި އޮކްސިޖަން ހުރި މިންވަރު ދަށްވެފައިވެދާނެތީ އާޖެންޓީނާގެ ކަނޑުގެ ސިފައިން ކަންބޮޑުވެއްޖެއެވެ.

އުޅަނދުން ކަރަންޓް ކެނޑުނު ކަމަށް ބުނުމަށް ފަހު ގެއްލުނު،އޭއާރުއޭ ސެން ހުއާންގައި 44 މީހުން ދަތުރުކުރިއެވެ.

ކަނޑުގެ ސިފައިންގެ ތަރުޖަމާނު އެންރީކޭ ބަލްބީ ވިދާޅުވީ އުޅަނދު ލޮކޭޓް ކުރެވެންދެން ހޯދުމުގެ މަސައްކަތް ކުރިޔަށްގެންދާނެ ކަމަށެވެ.

ދުވަސްތަކެއް ވަންދެން މޫސުން ގޯސްކޮށް އޮތުމަށް ފަހު އަންގާރަ ދުވަހު މޫސުން ރަނގަޅުވެފައި ވާތީ ގެއްލިފައިވާ ފަރާތްތަކުގެ އާއިލާތަކަށް ވަނީ އިތުރު އުއްމީދެއް ލިބިފައެވެ. ނަމަވެސް ބަލްބީ ވެދާނެ ހުރިހާ ގޮތަކާމެދު ވެސް ވިސްނަމުން ގެންދަވާ ކަމަށާއި އެންމެ ހައްސާސް ހާލަތަކަށް ވަނީ އޮކްސިޖަން ހުސްވުން ކަމަށެވެ.

ސަބްމެރިން ގެއްލުނު ފަހުން މިހާރު ވަނީ ހަ ދުވަސް ވެފައެވެ.

އޭނާ ވިދާޅުވީ ސަބްމެރިން ހޯދުމަށް މިހާރު ބަލަމުން ދަނީ 12 މޭލު ސަރަހައްދެއް ކަމަށެވެ.

ކަނޑުގެ ސިފައިންގެ އޮފިޝަލަކު ހޯމަ ދުވަހު ވިދާޅުވީ ސަބްމެރިން ހޯދުމަށް ބޭނުން ކުރާ ދެ އުޅަނދަކަށް އަރާފައިވާ އަޑަކީ ސަބްމެރިންއިން އައިސްފައިވާ އަޑެއްނޫންކަން ކަށަވަރުވެފައިވާ ކަމަށެވެ.

އޭއާރްއޭ ސެން ހުއާން އިން "ކަރަންޓް ކެނޑުނު" ކަމަށް ރިޕޯޓްކޮށްފައި ވަނީ އާއްމު ރޫޓިންގައި ހިމެނޭ މިޝަންއެއް ނިންމުމަށް ފަހު ދެކުނު އެމެރިކާ އެންމެ ދެކުނު ސަރަހައްދުން އެނބުރި އަންނަނިކޮށެވެ.

ނޮވެމްބަރު މަހުގެ 15 ވަނަ ދުވަހުން ފެށިގެން ގެއްލިފައިވާ އޭއާރުއޭ ސެން ހުއާން އަކީ 1983ގައި ޖަރުމަނުގައި ބަނދެފައިވާ ސަބްމެރިންއެވެ.

ދިގުމިނުގައި 66 ހުންނަ މި ސަބްމެރިން އެންމެ ބާރަށް ދުއްވެނީ ގަޑިއަކު 45 ކިލޯމީޓަރަށެވެ.

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް