ކ. މާލެ
|
22 ނޮވެންބަރ 2017 | ބުދަ 05:32
ހަމަލާ ދީފައިވަނީ ނަމާދަށް މީހުން ޖަމާވަމުންދިޔަ ވަގުތު
ހަމަލާ ދީފައިވަނީ ނަމާދަށް މީހުން ޖަމާވަމުންދިޔަ ވަގުތު
ދި ޓަައިމްސް
ނައިޖީރިޔާގައި ދެވޭ ހަމަލާތައް
ނައިޖީރިޔާގެ މިސްކިތެއްގައި ޖާނު ގޮއްވާލައިގެން ދިން ހަމަލާއެއްގައި މަދުވެގެން 50 މީހުން މަރުވެއްޖެ
ހަމަލާގެ ޒިންމާ އެއްވެސް ޖަމާއަތަކުން ނަގާފައެއް ނުވޭ
ހަމަލާދިން ސަރަހައްދަކީ ބޯކޯ ހަރާމް ޖަމާއަތުން އާއްމުކޮށް ހަމަލާދީ އުޅޭ ސަރަހައްދެއް

ނައިޖީރިޔާގެ އުތުރުގެ މިސްކިތެއްގައި ޖާނު ގޮއްވާލައިގެން ދިން ހަމަލާއެއްގައި މަދުވެގެން 50 މީހުން މަރުވެ އެތައް ބަޔަކު ޒަޚަމްވެއްޖެކަމަށް އޮފިޝަލުން ބުނެފިއެވެ.

ފުލުހަކު ބުނީ ފުރާއުމުރުގެ ކުއްޖަކުދިން މި ހަމަލާ އަމާޒުކޮށްފައިވަނީ އަދަމަވާ ސްޓޭޓްގެ މޫބީގެ މިސްކިތަކަށް އަންގާރަދުވަހު ފަތިސްނަމާދަށް މީހުން ދިޔަ ވަގުތަށް ކަމަށެވެ.

މިހާތަނަށް އެއްވެސް ފަރާތަކުން ހަމަލާގެ ޒިންމާ ނަގާފައެއް ނުވެއެވެ. ނަމަވެސް އެ ސަރަހައްދުގައި އާއްމުކޮށްދޭ ހަމަލާތަކުގެ ޒިންމާ ނަގަނީ ބޯކޯ ހަރާމް ޖަމާއަތުންނެވެ.

"50 މީހުން މިވަނީ މަރުވެފަ.އަޅުގަނޑުމެން މިހާރު މަސައްކަތްކުރަމުން މިދަނީ ޒަޚަމްވި މީހުންގެ ސީދާ އަދަދު ހޯދުމަށް"އަދަމަވާ ޕޮލިސް ކޮމާންޑްގެ ޕަބްލިކް ރިލޭޝަން އޮފިސަރ އުސްމާން އަބޫބަކުރު ވިދާޅުވި ކަމަށް ނިއުސް އޭޖެންސީ އޮފް ނައިޖީރިއާ(އެންއޭއެން) ބުނެފައިވެއެވެ.

އެ އެޖެންސިން ބުނާގޮތުގައި މި ހަމަލާއަކީ 2014 ވަނަ އަހަރު ހަނގުރާމަވެރިންގެ އަތްދަށުން އެ ޓައުން މިނިވަންކުރިފަހުން ދެވުނު މިފަދަ ފުރަތަމަ ހަމަލާއެވެ.

ބޯކޯ ހަރާމް ޖަމާއަތުން ނައިޖީރިޔާގައި ހަނގުރާމަ ކުރަމުންދާތާ އަށް އަހަރުވީއިރު މިހާތަނަށް 20،000އަށްވުރެ ގިނަ މީހުން މަރާލާފައިވާއިރު 2.7 މިލިއަނަށްވުރެ ގިނަ މީހުންވަނީ ވަޒަން ދޫކޮށް ދިއުމަށް ގޮސްފައެވެ.

- ކޮމެންޓް