ތ. ތިމަރަފުށި ގެއެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި އެވެ.
ފުލުހުންގެ މީޑިއާއިން ބުނީ ތިމަރަފުށި ގެއެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިގެން އުޅޭކަމުގެ މައުލޫމާތު ފުލުހުންނަށް ލިބިފައި ވަނީ އަންގާރަ ދުވަހުގެ މެންދުރުފަހު 13:20 އެހާކަންހާއިރު ކަމަށެވެ.
ފުލުހުން ބުނީ އަލިފާން ނިއްވުމުގެ މަސައްކަތް ފުލުހުންނާއި އެރަށުގެ އާއްމު ރައްޔިތުން ކުރަމުންދާ ކަމަށެވެ.
ފުލުހުން ބުނީ އަލިފާންގަނޑު ކޮންޓްރޯލް ކުރެވިފައިވާ ކަމަށާއި މިހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައި ނުވާކަމަށެވެ.