ކ. މާލެ
|
21 ނޮވެންބަރ 2017 | އަންގާރަ 11:47
އިންޑިއާގެ ރައީސް ޒައިރާއަށް އެވޯޑް ދެއްވަނީ
އިންޑިއާގެ ރައީސް ޒައިރާއަށް އެވޯޑް ދެއްވަނީ
ގޫގުލް
ޒައިރާ ވަސީމް
ޒައިރާ އަށް އަނެއްކާވެސް ގައުމީ އެވޯޑެއް
ގައުމީ އެވޯޑް ލިބުނީ "ސީކްރެޓް ސުޕަސްޓާ" ގައި އަދާކޮށްފައިވާ ރޯލުން

އާމިރުޚާން ގެ "ޑަންގަލް" އިން އެންމެ ފުރަތަމަ ފިލްމީދާއިރާ ފެށި ޒައިރާ ވަސީމަށް ގައުމީ އެވޯޑެއް އަނެއްކާވެސް ލިބިއްޖެއެވެ.

އެންމެ ފުރަތަމަ ޒައިރާއަށް ގައުމީ އެވޯޑެއް ލިބުނީ އާމިރު ޚާންގެ"ޑަންގަލް" އިންނެވެ. މިފަހަރު ވެސް އޭނާއަށް ގައުމީ އެވޯޑް ލިބުނީ އާމިރު ޚާންގެ"ސީކްރެޓް ސުޕަސްޓާ" އިންނެވެ.

ޒައިރާއަށް ދެފަހަރުވެސް އެވޮޑް ލިބުނީ އޭނާ އެދެފިލްމުގައި ވެސް އަދާކޮށްފައިވާ "ޗައިލްޑް އެކްޓަރ"ގެ ރޯލުންނެވެ.

 އިންޑިއާގެ ކުޑަކުދިންގެ ދުވަހާއި ގުޅުވައިގެން ބޭއްވި ރަސްމިއްޔާތުގައި އެންމެ މޮޅު "ޗައިލްޑް އެކްޓަރ" ގެ އެވޯޑް ޒައިރާ އާއި ހަވާލުކުރީ އިންޑިއާގެ ރައީސް ޝްރީ ރާމް ނާތު ކޯވިންދް އެވެ.

"ސީކްރެޓް ސުޕަސްޓާ" އަކީ އާމިރް ޙާން އާއި ޒައިރާ ވަސީމްގެ އެކްޓިންގ ފެނިގެންދާ ފިލްމެކެވެ. ފިލްމުގައި ފެންނަނީ އަންހެން ކުއްޖަކު ލަވަ ކިޔަން ބޭނުންވެފައި ހުރިލެއް ބޮޑުކަމުން އޭނާ އެކަން ހާސިލު ކުރުމަށް ދިމާވާ ގޮންޖެހުންތަކާއިއެކު ކުރާ މަސައްކަތްތަކެވެ.  މި އަންހެން ކުއްޖާގެ ރޯލު ކުޅުނީ ޒައިރާއެވެ.

އުމުރުން 17 އަހަރުގެ ޒައިރާ އަށް ވަނީ އޭނާގެ އެންމެ ފުރަތަމަ ފިލްމު "ޑަންގަލް" އިން "ނެޝަނަލް ފިލްމު އެވޯޑް ފޯ ބެސްޓް ސަޕޯޓިން އެކްޓްރެސް" އަދި "ބިގް ޒީ އެންޓަޓެއިންމަންޓް އެވޯޑް ފޯ ބެސްޓް ޗައިލް އާޓިސްޓް" ލިބިފައެވެ.

 

- ކޮމެންޓް