ކ. މާލެ
|
21 ނޮވެންބަރ 2017 | އަންގާރަ 11:10
ވަޒީރުގެ އަމަލާއެކު ގިނަބަޔަކުދަނީ މޯދީގެ ކެމްޕެއިން ފެއިލްވެއްޖެ ކަމަށް ބުނަމުން
ވަޒީރުގެ އަމަލާއެކު ގިނަބަޔަކުދަނީ މޯދީގެ ކެމްޕެއިން ފެއިލްވެއްޖެ ކަމަށް ބުނަމުން
ބީބީސީ
ސާފު އިންޑިއާ ކެމްޕޭން
އިންޑިއާގެ ވަޒީރަކު މަގުމައްޗަށް ކުޑަކަމުގޮސްގެން ހޫނުފެނަށް
ބޮޑުވަޒީރު މޯދީވަނީ ސާފު އިންޑިއާ ކެމްޕެއިންއެއް 2014 ވަނަ އަހަރު ފައްޓަވާފަ
ވަޒީރުގެ އަމަލާއެކު ގިނަބަޔަކުދަނީ މޯދީގެ ކެމްޕެއިން ފެއިލްވެއްޖެކަމަށް ބުނަމުން
މޯދީ ވަނީ އެގައުމުގެ އެކިކަންކޮޅުތަކުގައި އެތައް މިލިއަން ފާޚާނާއެއް ގާއިމްކޮށްދެއްވާނެ ކަމަށް ވިދާޅުވެފައި

އިންޑިއާގެ ވެރިކަން ކުރާ ޕާޓީއަށް ނިސްބަތްވެ ވަޑައިގަންނަވާ ވަޒީރަކު އާއްމުތަނަކަށް ކުޑަކަމު ދިއުމުން ފާޑުކިޔުންތައް އަމާޒުވެއްޖެއެވެ.

ވަޒީރަކު މަގުމައްޗަށް ކުޑަކަމު ދިއުމުގެ މައްސަލައެއް ފެންމަތިވެފައިވާއިރު މަގުތަކަށް ފާޚާނާ ކުރުން ހުއްޓުވައި އާއްމު ފާޚާނާ ބޭނުންކުރުމަށް ބާރުއެޅުމުގެ މަސައްކަތް އިންޑިއާ ސަރުކާރުން އަންނަނީ ކުރަމުންނެވެ.

މަހަރާޝްތްރާގެ މަގުމައްޗަށް ރާމް ޝިންދޭ ކުޑަކަމުދާ ވީޑިއޯއެއް ދުނިޔޭގައި ވައިރަލްވެފައި ވަނީ ދުނިޔޭގައި ފާހަގަކުރާ ޓޮއިލެޓްޑޭ ނުވަތަ ފާޚާނާގެ ދުވަހުއެވެ.

އިދިކޮޅުފަރާތްތަކުން ބުނެފައި ވަނީ އެކަމުން ދައްކުވައި ދެނީ ބޮޑުވަޒީރު ނަރެންދުރަ މޯދީގެ ސާފުތާހިރުކަމުގެ ކެމްޕެއިން ފެއިލްވެފައިވާކަން ކަމަށެވެ.

ނަމަވެސް ކުޑަކަމުދިޔަ މިނިސްޓަރ ވިދާޅުވެފައިވަނީ އޭނާ އެގޮތަށް ކަންތައް ކުރެއްވީ ކުޑަކަމުދާންޖެހި ސިއްހީގޮތުން އުނދަގޫތަކާ ކުރިމަތިވެ ވަޑައިގެންނެވިއިރު ކައިރި ހިސާބަކުން ފާޚާނާއެއް ފެނިވަޑައިނުގަތުމުން ކަމަށެވެ.

ޝިންދޭ އަދާކުރައްވަމުން ގެންދަވަނީ އެގައުމުގެ މިނިސްޓަރ ފޮރ ވޯޓަރ އެންޑް ކޮންޒަރވޭޝަން މަގާމެވެ.

ބޮޑުވަޒީރު މޯދީވަނީ އިންޑިއާގައި ސާފުތާހިރުކަން އިތުރުކުރުމަށް 2014 ވަނަ އަހަރު ޚާއްސަ ކެމްޕެއިނެއް ފައްޓަވާފައެވެ. މީގެ އިތުރުން މޯދީ ވަނީ ދުނިޔޭގެ ދެވަނައަށް އެންމެ ބޮޑު އާބާދީ އޮންނަ އިންޑިއާގެ އެކިކަންކޮޅުތަކުގައި އެތައް މިލިއަން ފާޚާނާއެއް ގާއިމްކުރައްވާނެ ކަމަށް ވައުދުވެ ވަޑައިގެންފައެވެ.

 

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް
21 ނޮވެންބަރ 2017 | އަންގާރަ 17:28
މިނިސްޓަރ
ތިމީހުންގެ ޑީއެންއޭގަ ހުންނަކެމެއްތީ