ކ. މާލެ
|
20 ނޮވެންބަރ 2017 | ހޯމަ 15:35
ނޮވޮޓްނާ 1998 ވަނަ އަހަރުގެ ވިމްބެލްޑަން ޓްރޮފީއާ އެކު
ނޮވޮޓްނާ 1998 ވަނަ އަހަރުގެ ވިމްބެލްޑަން ޓްރޮފީއާ އެކު
ބީބީސީ
ޑަބްލިއުޓީއޭ
ކުރީގެ ވިމްބެލްޑަން ޗެމްޕިއަން ނޮވްޓްނާ މަރުވެއްޖެ
އޭނާ މި މުބާރާތުގެ ޗެމްޕިއަންކަން ހޯދީ 1998 ވަނަ އަހަރު

ދުނިޔޭގެ އެންމެ ޝަރަފުވެރި އެއް ޓެނިސް މުބާރާތް ކަމަށްވާ ވިމްބެލްޑަން ޓެނިސް މުބާރާތުގެ ޗެމްޕިއަންކަން 1998 ވަނަ އަހަރު ހޯދި ޗެކް ރިޕަބްލިކްގެ ޖަނާ ނޮވޮޓްނާ މަރުވެއްޖެއެވެ.

ވިމެންސް ޓެނިސް އެސޯސިއޭޝަން ނުވަތަ ޑަބްލިއުޓީއޭއިން ހާމަކޮށްފައިވާ ގޮތުގައި ނޮވޮޓްނާ މަރުވެފައި ވަނީ ކެންސަރު ބައްޔަށް ފަރުވާ ހޯދަމުން ދަނިކޮށެވެ. އަދި އޭނާ މަރުވެފައި ވަނީ އާއިލާގެ މެމްބަރުންގެ ކައިރީގައި ކަމަށް ވެސް ޑަބްލިއުޓީއޭ އިން ވަނީ ބުނެފައެވެ.

ޑަބްލިއުޓީއޭގެ ޗީފް އެގްޒެކްޓިވް ސްޓީވް ސައިމޮން ބުނެފައި ވަނީ ނޮވްޓްނާއަކީ ހުރިހާ ގޮތަކުން ބެލި ކަމުގައި ވިޔަސް ނަމޫނާއެއް ކަމަށާއި އެނާގެ ތަރި އަބަދުވެސް ވިދަވިދާ ހުންނާނެ ކަމަށެވެ. އޭނާ ނޮވޮޓްނާގެ އާއިލާގެ މި ހިތާމައިގައި ބައިވެރިވާކަން ވެސް ހާމަކޮށްފައެވެ.

ނޮވޮޓްނާ އެންމެ ފުރަތަމަ ވާދަކޮށްފައި ވަނީ 1993 ވަނަ އަހަރުގެ ވިމްބެލްޑަން މުބާރާތުގެ ފައިނަލުގައެވެ. އެފަހަރު އެނާ ފައިނަލުން ބަލިވިއިރު 1997 ވަނަ އަހަރުގެ ފައިނަލުން ވެސް އޭނާ ވަނީ ބަލިވެފައެވެ. އެހެނަސް 1998 ވަނަ އަހަރުގެ ވިމްބެލްޑަން މުބާރާތުގެ ތަށި އުފުލާލާފައެވެ.

އޭނާގެ ކެރިއަރުގައި ކާމިޔާބުކުރި ހަމައެކަނި ސިންގަލްސް ގްރޭންޑް ސްލޭމްއަކީ އެ އަހަރުގެ މުބާރާތަށް ވާއިރު އޭނާ ވަނީ މުޅި ޖުމްލަ 24 މުބާރާތް ކާމިޔާބު ކޮށްފައެވެ. ނޮވޮޓްނާގެ ކެރިއަރުގައި ހޯދި އެންމެ މަތީ ރޭންކިންއަކީ 1997 ވަނަ އަހަރު ދެވަނައިގައި ރޭންކް ކުރެވުމެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 18 ގަޑިއިރު ކުރި
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް