ކ. މާލެ
|
19 ނޮވެންބަރ 2017 | އާދީއްތަ 20:14
ޕާޓީގެ ލީޑަރުކަމުން މުގާބޭ ދުރުކޮށްފައިވާއިރު ގްރެސް މުގާބޭވަނީ ޕާޓީއިންވެސް ވަކިކޮށްފައި
ޕާޓީގެ ލީޑަރުކަމުން މުގާބޭ ދުރުކޮށްފައިވާއިރު ގްރެސް މުގާބޭވަނީ ޕާޓީއިންވެސް ވަކިކޮށްފައި
ބީބީސީ
މުގާބޭ ވެރިކަމުން ދުރުކުރުން
ވެރިކަންކުރާ ޕާޓީގެ ލީޑަރުކަމުން މުގާބޭ ވަކިކޮށްފި
ޕާޓީގެ ލީޑަރުކަމަށް އެމަސަން ނަންގަގްވާ ވަނީ އައްޔަން ކުރައްވާފައި
ރައީސްކަމުގެ މަގާމުން އިސްތިއުފާދެއްވުމަށްވަނީ މުހުލަތު ދީފައި
ގްރޭސް މުގާބޭވަނީ ޕާޓީއިންވެސް ވަކިކޮށްފައި

ޒިމްބާބުވޭގެ ވެރިކަންކުރާ ޒަނޫ-ޕީއެފްޕާޓީގެ ލީޑަރުގެ މަގާމުން ރޮބަރޓް މުގާބޭވަކިކޮށްފިއެވެ.

ޕާޓީގެ ލީޑަރުކަމުން ވަކިކޮށްފައިމިވަނީ ރައީސްކަމުގެ މަގާމުން އިސްތިއުފާދެއްވުމަށް ފިއްތުން ކުރިމަތިކުރުވަމުން ދަނިކޮށެވެ.

ޕާޓީގެ ލީޑަރުގެ މަގާމަށް ވަނީ މީގެ ދެ ހަފްތާކުރިން ނައިބް ރައީސްކަމުގެ މަގާމުންވަކިކުރެއްވި އެމަސަން ނަންގަގްވާ އައްޔަން ކުރައްވާފައެވެ.

ނައިބްރައީސްކަމުގެ މަގާމުން ނަންގަގްވާ ވަކިކުރައްވާފައި ވަނީ މުގާބޭގެ އަނބިކަނބަލުން ގްރޭސް މުގާބޭ ނަންގަގްވާއާމެދު ހިތްޕުޅުހަމަޖެހިވަޑައިނުގަތުމުންނެވެ.

މުގާބޭއަށް ފަހު ވެރިކަމަށް ވަޑައިގަތުމަށް ޝައުގުވެރިކަން ފާޅުކުރެއްވުމުން ގްރޭސްވަނީ ނަންގަގްވާގެ އިސްތަށިފުޅުގައި ބަޣާވާތްކުރައްވަން އުޅުއްވާކަމުގެ ތުހުމަތު ވެސް އަޅުއްވާފައެވެ. ގްރޭސް ގެންދެވީ މުގާބޭއަށް ފަހު ވެރިކަމަށް ވަޑައިގަތުމަށް މަސައްކަތް ކުރައްވަމުންނެވެ.

އުމުރުފުޅުން 93 އަހަރުފުޅުގެ މުގާބޭއަށް އެ މަނިކުފާނުގެ ޕާޓީއިންވަނީ ހޯމަ ދުވަހު ޖީއެމްޓީގަޑިން 10 ޖެހުމާ ހަމައަށް އިސްތިއުފާ ނުދެއްވައިފިނަމަ މަގާމުން ވަކިކުރާނެކަން އަންގާފައެވެ.

މިދިޔަ ބުދަ ދުވަހު އަސްކަރިއްޔާގެ ކޮންޓްރޯލްގެ ދަށަށް ގައުމު ގެންދެވުނީއްސުރެ މުގާބޭ ހުންނެވީ ގޭބަންދުގައެވެ.

އަސްކަރިއްޔާއިން ސިޔާސީ ކަންކަމުގެ ތެރެއަށް ވަންނާނެ ކަމުގެ އިންޒާރު ދިނުމަށް ފަހު ގައުމުގެ ކޮންޓްރޯލް ނަގާފައިވަނީ މުގާބޭއަށް ފަހު އަނބިކަނބަލުން ގްރޭސް މުގާބޭ ވެރިކަމަށް އިސްކުރައްވަން މަސައްކަތްޕުޅު ފެއްޓެވުމުންނެވެ.

ގްރޭސްވެސް މިހާރުވަނީ ޕާޓީން ވަކިކޮށްފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް