ވެރިކަންކުރާ ޒަނޫ ޕީއެފް ޕާޓީގެ 10 ގޮފީގެ ތެރެއިން މަދުވެގެން އަށް ގޮތްޕަކުން ހުކުރު ދުވަހު ވަނީ މުގާބޭ ރައީސްކަމުގެމަގާމުންނާއި ޕާޓީގެ ސެކްރެޓަރީގެ މަގާމުން އިސްތިއުފާ ދެއްވުމަށް ގޮވާލާފައެވެ.
އާއްމުކޮށް ނުފެންނަ ފަދަ ގޮތަކަށް ބްރޯޑްކާސްޓްކޮށްފައިވާ މި ބައްދަލުވުމުގައި އެތައް ސަރަހައްދެއްގެ ލީޑަރުން ދައުލަތުގެ ޓީވީގައިވަނީ މުގާބޭ އިސްތިއުފާދެއްވަން ޖެހިވަޑައިގަންނަވާނެކަމަށް ވިދާޅުވެފައެވެ.
މީގެއިތުރުން އެ ލީޑަރުން ވަނީ މުގާބޭގެ އަނބިކަނބަލުން ގްރޭސް މުގާބޭ ޕާޓީން އިސްތިއުފާދެއްވައި ޕާޓީގެ ސެންޓްރަލް ކޮމިޓީއަށް ދާދިފަހުން ނައިބް ރައީސްކަމުގެ މަގާމުން ވަކިކުރެއްވި އެމަސަން ނަންގަގްވާ ހަމަޖެއްސެވުމަށް ގޮވާލައްވާފައެވެ. ނަންގަގްވާ ކުރިން ހުންނެވީ އެ މަގާމުގައެވެ.
ޒިމްބާބުވޭގެ މިނިވަން ކަމަށް ހަނގުރާމަކުރި ކުރީގެ ސިފައިންގެ ތެރެއިން މިދިޔަ އަހަރާ ހަމައަށް މުގާބޭއަށް ވަފާތެރިކަންމަތީ ތިބި ސިފައިން ވެސް ގެންދަވަނީ މުގާބޭ އިސްތިއުފާ ދެއްވަން ޖެހިވަޑައިގަންނަވާނެކަމަށް ވިދާޅުވަމުންނެވެ.